ނައިވާދޫގައި އެމްޓީސީސީގެ ފަރާތުން ގާއިމްކުރާ ފެރީ ސްޓޮޕްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެއެވެ.
މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގ އޭރިއާއެއްގެ އިތުރުން ފާހާނާ އެއްވެސް ހުންނާނެ ކަމުގައި އެމްޓީސީސީއިން މައުލޫމާތުދެއެވެ.
މި ފެރީ ސްޓޮޕަކީ އިންޓަރނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ އާރްޓޫއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމްކުރެވޭ ފެރީ ސްޓޮޕެކެވެ.

