ޔޮގާ ޑޭގެ ހަރަކާތްތައް ނުހިންގުމަށް، އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެހެން އެއްވެސް އިދާރާއަކުންވެސް އަންގާފައިނުވާކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޯގާ ޑޭގެ ހަރަކާތާއި ގުޅިގެން، އިސްލާމިކް މިނިސްޓްރީން ފުލުހުންގެ މުއައްސަސާއަށް ފޮނުވާފައިވާ ސިޓީއެއް އާންމުވެފައިވާ ދަނޑިވަޅެއްގައި، ޔޫތު މިނިސްޓްރީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަންކަމާއި، ދިވެހިރާއްޖޭގެ ގާނޫނާއި ހިލާފުވާ އެއްވެސް އަމަލެއް އެ މިނިސްޓްރީން ނުހިންގާނެކަމަށް ޔަގީންކަން ދޭކަމަށެވެ. އަދި ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއްކަމަށްވުމުން، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން އެފަދަ މައްސަލަތަކުގައި، ކަމާއި ބެހޭ މުއައްސަސާ ތަކުން އެ ކަމުގެ މައުލޫމާތު ސާފުކޮށް ރައުޔު ކަނޑައެޅުމަކީ، މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީން ދެކޭކަމަށެވެ.
އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންކަމުގައި، ކަމާއި ބެހޭ މުއައްސަސާ ތަކުން އެ ކަމުގެ މައުލޫމާތު ސާފުކޮށް ރައުޔު ކަނޑައެޅުމަކީ، މުހިންމު ކަމެއް ކަމަށް ދެކޭކަމަށް ފާހަގަކޮށް ޔޫތު މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ޔޯގާ ޑެ ނުހިންގުމަށް އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެހެން އިދާރާއަކުންވެސް ޔޫތު މިނިސްޓްރީއަށް އަންގާފައިނުވާކަމަށެވެ.
ޔޯގާ ޑެ ނުހިންގުމަށް އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެހެން އިދާރާއަކުންވެސް ޔޫތު މިނިސްޓްރީއަށް އަންގާފައިނުވާކަމަށް ބުނެ އެ މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، 2014 ވަނަ އަހަރުން ފެށިގެންވެސް ހިންގާ އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި އެ ކަމުގައި ދިވެހިރާއްޖޭގެ ޔޫތު މިނިސްޓްރީން ބައިވެރިވަމުން އަންނަނީ، އެހެން ގައުމުތަކުގެ ކުޅިވަރު މިނިސްޓްރީތަކުންވެސް ބައިވެރިވަމުން އަންނަ އުސޫލުތަކުގެ ދަށުން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
Press Release regarding international yoga day celebration. pic.twitter.com/c5SBTbZqp9
— Ministry of Youth,Sports and Community Empowerment (@MoYSCEmv) June 26, 2022
ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމް ކުރެވިފައިވާ ކަންކަމާއި، ދިވެހިރާއްޖޭގެ ގާނޫނާއި ހިލާފުވާ އެއްވެސް އަމަލެއް އެ މިނިސްޓްރީން ނުހިންގާނެކަމަށް ޔަގީންކަން ދޭ ކަމަށް ބުނެ، ޔޫތު މިނިސްޓްރީން ބަޔާނެއް ނެރިފައިވާއިރު، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމާއި، މީހުންގެ ތެރޭގައި، ދީނީ ގޮތުން ހިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދެއްކުމާއި، އެފަދަ އަމަލުތައް ހިނގުމަކީ މަނާކަމެއް ކަމަށާއި އަދި ހިންގަން އުޅުމަކީވެސް މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންގެ މުއައްސަސާއަށް ފޮނުވާފައިވާ ސިޓީގައި ފާހަގަކޮށްފައިވެެއެވެ. އަދި އެ އަމަލަކީ މިސްރުގެ ފަތުވާ ދޭ މަޖިލިހާއި، މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލިހުން މަނާކުރެވިފައިވާކަމެއް ކަމަށް ބުނެފައިވުމުން، ޔޯގާ ގެ ހަރަކާތަކީ ހިންދޫންގެ އަޅުމަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ބުނާކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، އިސްލާމީ ޝަރީއަތާއި، ދިވެހި ގާނޫނާއި ގަވައިދު ނެގެހެއްޓުމުގެގޮތުން، ޔޯގާ ފަދަ ދީނީ ހިލާފުތައް އުފެދޭ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މުއައްސަސާއަށް އަންގާކަމަށްވެސް އެ ސިޓީގައި ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

