ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ މިނިވަންކަން ހޯދުމަށް އެންމެން ގުޅިގެން ’ޖިހާދެއް‘ ކުރަންޖެހޭ: އާދަމް ޝަރީފް

ޕީއެންސީ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަންކަން ހޯދުމަށްޓަކައި، އެންމެހާ ރައްޔިތުން އަތް ގުޅާލާއިގެން، ”ޖިހާދެއް“ ކުރަންޖެހިފައިވާކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެވަނީ، އިންޑިއާގެ ނުފޫޒުގެ ދަށުވެފައިކަމަށް ފާހަގަކޮށް، އިދިކޮޅު ކޯލިޝަނުން ހިންގަމުންދާ ”އިންޑިއާ އައުޓް“ ހަރަކާތް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުނު ގަރާރަކާއި އެކު، މަޑުޖައްސާލެވިފައިވާވަނިކޮށް، އާދަމް ޝަރީފްވަނީ، ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުތައް ވިއްކާލާފައިކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ އަޅުވެތިވެފައިވާގައުމެއްކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މިނިވަންކަން ހޯދުމަށް، ދިވެހި ރައްޔިތުން އަތު ގުޅާލައިގެން ”ޖިހާދެއް“ ކުރަން ޖެހިފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށާއި، އެ މިނިވަންކަން ހޯދުމައްޓަކައި ދިވެހިރާއްޖޭގެ ރައްޔިތުން ގުޅިގެން ”ޖިހާދެއް“ ކުރަންޖެހިފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން އާދަމް ޝަރީފް އިޝާރާތްކުރެއްވީ، ރައީސް ސާލިހުގެ ސަރުކާރުން، ރާއްޖޭގެ މިނިވަންދުވަސް ފާހަގަނުކުރުމަށް ނިންމާފައިވާ ނިންމުމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ، ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުތައް ވިއްކާލާފައިކަމަށެވެ. އަދި މިނިވަންދުވަސް ފާހަގަނުކުރުމަށް ނިންމާފައިވަނީ އެ ސަބަބާއި ގުޅިގެންކަމަށްވެސް އެނާ ފާހަގަކުރައްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ، ދިވެހިރާއްޖޭގެ މިނިވަންކަން ވިއްކާލާފައިކަމަށާއި، ”ވިއްކާލި ބަޔަކު“ ގައުމެއްގެ މިނިވަންދުވަސް ކުލަގަދަކޮށް ފާހަގަނުކުރާނެކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެފަދަ އަމަލުތަކެއް ހިންގާފައިވާ ބަޔަކު، ގައުމު ދިރުވުމަށްވެސް މަސައްކަތްތަކެއް ނުކުރާނެކަމަށެވެ. އަދި ހުރިހާކަމަކަށް ދައްކަމުންދާނީ ބަހަނާތަކެއް ކަމަށްވެސް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަނުކުރުމަށް ނިންމާފައިވަނީ، ގައުމު ބަޔަކު މީހުންގެ އަތްދަށުވެފައިވުމުންކަމަށް ދޭހަވާމޭރުމަކުން އާދަމް ޝަރީފް ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރުންވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ މިނިވަންދުވަސް ފާހަގަނުކުރުމަށް ނިންމާފައިއެވެ. އެކަމަށް މާލެ ސިޓީ ކައުންސިލުގެ އިސް ބޭފުޅުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: