ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މައްސަލަ: ”ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ބާ ކައުންސިލަށް މިވަގުތު ހިފެހެއްޓެން ނެތް“

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭނީ ނުވަތަ ބާތިލު ކުރެވޭނީ އޮންނަ އުސޫލުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަވުމަށް ފަހުކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނާޒިމަކީ، މަދަނީ އަދި ޖިނާއީ އެކި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެކެވެ. އެގޮތުން އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަކީ ނާޒިމެވެ.

މައްސަލައިގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުރި ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ނުހިފަހައްޓާ ސަބަބާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރު ބަންދު ކުރުމުގެ ކުރިން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.

ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ނުހިފަހައްޓާ ސަބަބާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން ބާކައުންސިލްގެ ރައީސް، އިސްމާޢީލް ވިޝާމް ވިދާޅުވީ އުސޫލުގެ ދަށުން ފިޔަވަޅު އެެޅޭނީ ޑިއު ޕްރޮސެސަށް ފަހު ކަމަށެވެ. ނާޒިމްގެ މައްޗަށް ބާކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތްކަން ފާހަގަކޮށް ވިޝާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 15 އަދި ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންގޮތަކަށް ވަކީލަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރެއް ކައުންސިލަށް ލިބިގެން ނުވާ ކަމަށެވެ. 

(ހ) ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާންނަގަންޖެހޭ މައްސަލައެއްނަމަ، ތަހުގީގު ކުރިއަށް ގެންދާނީ އަންނިވި ގޮތުގެ މަތިންނެވެ.

  1. ޝަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ބަޔާން ފުރަތަމަ ނެގުން؛
  2. ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ހާޒިރުގައި ހެކިވެރިންގެ ބަޔާންނެގުން؛
  3. ހެކިވެރިންނާ ސުވާލުކުރަން ބޭނުންވާނަމަ، ޝަކުވާ ރައްދުވާ ގާނޫނީ ވަކީލަށް އެ ފުރުސަތު ދިނުން؛

(ށ) ބަލަމުންދާ މައްސަލައަކީ ހެކިންގެ ބަޔާންނަގަން ނުޖެހޭ މައްސަލައެއްނަމަ، ށަކުވާ ރައްދުވާ ގާނޫނީ ވަކީލުގެ ބަޔާންނަގައި، ޖަވާބުދާރީވުމުގެ ފުރުސަތު، ށަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެއެވެ.

ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވައިދުގެ ދަށުން، ޝަކުވާ ރައްދުވާ ފަރާތުގެ ބަޔާނެއް ނަގަން ޖެހޭނެ އެވެ. އަދި މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމުން، ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކާއި، ހެކިން ދީފައިވާ ބަޔާންތަކާ ގުޅިގެން ޖުމްލަ ގޮތެއްގައި ޖަވާބުދާރީވުމަށް 20 ދުވަހުގެ ފުރުސަތެއް، ޝަކުވާ ރައްދުވާ ގާނޫނީ ވަކީލަށް ދޭންވާނެކަމަށް 16 ވަނަ މާއްދާގައި ވަނީ ބުނެފަ އެވެ.

އެއަށް ފަހު މައްސަލަގެ ތަހުގީގަށް ލިބިފައިވާ ލިޔެކުންތަކާއި، ނެގިފައިވާ ހެކިންގެ ބަޔާންތަކަށާއި، މައްސަލަ ރައްދުވާ ގާނޫނީ ވަކީލު ދިން ޖަވާބަށް ރިއާޔަތްކޮށް މައްސަލައިގެ އިނީށިއަލް ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ހުށަހަޅަންވާނެއެވެ. އިނީށިއަލް ރިޕޯޓު އެގްޒެކެޓިވް ކޮމިޓީއަށް ހުށަހެޅުމުން، އެގްޒެކެޓިވް ކޮމިޓީން ފާހަގަކުރާ ކަންތައްތައް، ރަސްމީ 7 ދުވަހުގެ ތެރޭގައި، މައްސަލަ ބަލާ ޕެނަލަށް އަންގަންވާނެއެވެ.

ގަވައިދުގެ ދަށުން ފިޔަވަޅު އެޅޭނީ، ރިޕޯޓަށް ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ގޮތަަށެވެ. އަދި އެ ށަކުވާއަކީ އެކަށީގެންވާ ހެކި ލިބިފައިވާ އަދި އަސާސެއް އޮތް ށަކުވާއެއްކަމަށް، ބާ ކައުންސިލުން ކަނޑައަޅާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އަމަލުކުރުމުގެ ބާރު، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވެއެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ:

  1. ނަސޭހަތް ދިނުން؛
  2. އިންޒާރުދިނުން؛
  3. 100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  4. ކަނޑައެޅޭ ވަކި މުއްދަތަކަށް ހުއްދަ ހިފެހެއްޓުން؛
  5. ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުކުރުން.

20 ވަނަ މާއްދާ – މައްސަލަ ނިމުނުގޮތް އެންގުމާއި، ރިޕޯޓް ދޫކުރުން

(ހ) މި ގަވާއިދުގައިވާ ގޮތުގެ މަތިން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމި ނިންމުން، މައްސަލަ ރައްދުވާ ގާނޫނީ ވަކީލަށް އަންގަންވާނެއެވެ. އަދި އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އެޅުމަށް ނިންމާފައިވާނަމަ، އެ މައްސަލައިގެ މައުލޫމާތު، ބާ ކައުންސިލުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ހުށަހެޅޭ މައްސަލައެއް ބަލައި ނިމުމުން، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، އެ ށަކުވާ ހުށަހެޅި ފަރާތަށާއި އެ މައްސަލަ ރައްދުވާ ފަރާތުން އެދިއްޖެނަމަ، ނުވަތަ އެ މައްސަލައިގެ މަސްލަހަތެއް އޮތްކަމަށް ފެންނަ އެއްވެސް ފަރާތަކުން އެދިއްޖެނަމަ، އެ ރިޕޯޓް އެ ފަރާތްތަކަށް ދޫކުރަންވާނެއެވެ.

މިފަދަ މައްސަލަތައް ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ބެލިދާނެތޯ ސުވާލު ކުރުމުން، ވިޝާމް ވިދާޅުވީ އެފަދަ މައުލޫމާތުތައް ގަވައިދުގެ ދަށުން ދޫކުރެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ފަރާތްތަކަށް ކަމަށެވެ.

ބާކައުންސިލުން މި މައްސަލައިގައި ބުނީ ގާނޫނީ ވަކީލަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމާއި މެދު ނިންމާގޮތާއި، މައްސަލައިގެ މައުލޫމާތު އަދި މައްސަލަ ބަލައި ނިމުމުން ނިންމި ގޮތް ވެބްސައިޓުގައި އާންމުކޮށް، ރިޕޯޓް ދޫކުރާނެ އުސޫލުތައް، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވާއިދުގެ 7 އަދި 20 ވަނަ މާއްދާގައި ހިމަނާފައިވާނެ ކަމަށެވެ. މި ގަވާއިދުގެ ދަށުން ބާ ކައުންސިލަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅުންހުރި މަޢުލޫމާތު ދޫކުރެވޭނީ ޝަކުވާ ހުށަހަޅާ ފަރާތަށާއި ޝަކުވާ ރައްދުވާ ފަރާތަށް ކަމާއި، އިތުރު އެހެން ފަރާތަކަށް އެ ޝަކުވާއާ ގުޅުންހުރި މައުލޫމާތުތައް ދޫނުކުރެވޭނެކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރުކޮށް ބަންދަށް ޖަހާފައި ވަނީ 07 ދުވަހެވެ. އަދި އޭނާ ބަންދުކޮށްފައި ވަނީ، އެކަށީގެންވާ ހެއްކާއި އެކުކަން ފުލުހުން މައުލޫމާތު ދެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: