ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޭތީ ބަޔަކަށް ކުރާ އަސަރުއެބަ ފެނޭ: ރީކޯ

މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ބިންދޭތީ މަދު ބަޔަކަށް މިކަމުން ކުރާ އަސަރު ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ޗެއާޕާސަންގެ މަޤާމު އަދާކޮށްފައިވާ މޫސާ މަނިކު(ރީކޯ) ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާތެރޭވެސް މިކަމުގެ ބަހުސް ހޫނުވެފައިވާ ދަނޑިވަޅެއްގައި ޓުވީޓުކުރައްވާ ރީކޯ ވިދާޅުވީ މާލެއިން ދިރިއުޅުމަށް ބިން ދޭތީ އެކަމުން މަދު ބަޔަކަށް ކުރާ އަސަރު ފެންނަ ކަމަށާއި ރާއްޖޭގެ އެއްވެސް ރަށަކުން ގޯތި ކަނޑާފައި ބިމެއް ނުވިއްކާކަމަށެވެ.

އަދި މާލޭ ރައްޔިތުންނަށްވެސް ދިރިއުޅުމަށް ބިން ވިއްކަންވާނީ ރާއްޖޭގެ ހުރިހާ ބިމަކުން ސަރުކާރަށް އަގުނަގާފައިތޯއޭ ވިދާޅުވެ ރީކޯވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުންވެސް ރީކޯގެ ޓުވީޓެއްގައިވަނީ ހުޅުމާލޭބިން ވަކި ބަޔަކަށް ހިލޭ ދެވޭވާހަކަ މަޖިލިސް މެންބަރަކު ވިދާޅުވިއިރު އެފަދައިން މާލޭ ރައްޔިތުންނަށް ހިލޭ މާލެއިން ބިން ދެވެން ނެތީ މާލޭ ރައްޔިތުންނަކީ ވަކި ބައެއް ވީމާތޯ އޭ އައްސަވާ ރީކޯ ވަނީ ސުވާލު އުފައްދަވާފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: