ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ގެންނަން ބޭނުމީ ފާހިޝް ވީޑިއޯތައް ފަތުރާ މީހުންނަށް ފިޔަވަޅު އަޅާނެ ގާނޫނެއް!

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސޯޝަލް މީޑިއާ ޕްލެޓުފޯރމުތަކުގައި އޮރިޔާން ކާޑު ފަދަ ތަކެތި ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނޭ ނިޒާމެއް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ފަރުމާ ކުރެވިފައިނުވާކަމަށް، ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނޭހެން، ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންތަކެއް އަލަމްގިރި ކިޔާ ބަންގްލަދޭޝް ފިރިހެނަކާއިއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ސޯޝަލް މީޑީއާ މެދުވެރިކޮށް، ދިވެހި މުޖުތަމައުގެ ތެރޭގައި އާންމުވެފައިވާ ދަނޑިވަޅެއްގައި، ކަންބޮޑުވުން ފާޅުކުރައްވާ އިމްރާން ވިދާޅުވީ، ހުތުރުކަން ބޮޑު ފާހިޝް އަމަލުތައް އޮންލައިން މީޑިއާތަކާއި، ސޯޝަލް މީޑީއާގައި ފަތުރަމުންދާ ފަރާތްތަކާއިމެދު، އެކަށީގެންވާ ފިޔަވަޅެއް އެޅެން ނެތްކަމަށެވެ. އަދި އެފަދަ ނިޒާމެއް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުތެރޭގައި ގާއިމު ކުރެވިފައިނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އޮންލައިން މީޑީއާތަކާއި، ސޯޝަލް މީޑިއާ ޕްލެޓުފޯމުތަކުގައި ފާހިޝް އަމަލުތައް ހިންގާ މަންޒަރުތައް ދައްކުވައިދޭ ގިނަ އަދަދެއްގެ ވީޑިއޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައި ފުލުހުންގެ މުއައްސަސާއަށް އެ އަމަލުތައް ހިންގަމުންދާ ފަރާތްތައް ހުއްޓުވެން ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އެފަދަ މަންޒަރުތައް ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވުޖޫދު ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ އިޖްތިމާއީ އަޚްލާގިއްޔަތު އެއްކޮށް، ފުނޑުފުނޑު ވެގެން ހިނގައިދާނެކަމަށެވެ.

އޮރިޔާން ކާޑު ފަތުރަމުންދާ ފަރާތްތަކުގެ މައްޗަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅެން ނެތްކަމަށް އިމްރާން ފާހަގަކުރެއްވި އިރު، އަލްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ބައެއް ފަރާތްތައް ބޭރު ގައުމުތަކަށް ފުރައިގެން ގޮސްފައިވާކަމަށް އަޑު ފެތުރުމުން ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ. އެގޮތުން އެ މައްސަލައިގައި މިހާތަނަށް 18 މީހަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އުމްރާއަށް ދިއުމަށް އޭގެ ތެރެއިން ދެ ފަރާތަކަށް ފުލުހުންގެ މުއައްސަސާއިންވަނީ ޕާސްޕޯޓު އަނބުރާ ރައްދުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: