ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެތެރެއިން މުޅިން ވެސް ފެންނަނީ ހިޔާނާތް: ޑރ. ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކޮންމެ ކަމަކުންވެސް ތަމްސީލު ކުރައްވަމުންދަނީ، އެ މަނިކުފާނު ރައްޔިތުނަށް ވެފައިވާ ވައުދުތަކަށް ހިޔާނާތްތެރިވެފައިވާކަންކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ދަރިފުޅުގެ އަންހެނުންނަށް، ސަރުކާރުން އަހަރަކު މިލިއަނަަކަށްވުރެ، ގިނަ ރުފިޔާ ދެމުންދާކަމަށް ފާހަގަކޮށްފައިވާ ހަބަރަކަށް އިޝާރާތްކުރައްވައި ޖަމީލު ވިދާޅުވީ ރައީސް ސާލިހުވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި، ދިވެހިރާއްޖޭގައި ސިޔާސީ މަގާމުތައް ގިނަވެފައިވާކަމަށް ފާހަގަކުރައްވާ ވާހަކަތަކެއް ދައްކަވާފައެވެ.

ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިނުގައި އެ މަނިކުފާނު ދެއްކެވި ވާހަކަތަކާއި، އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު، ކަންކަން ކުރައްވާ ގޮތާއި ހިލާފުވާކަމަށެވެ. އަދި އެ މަނިކުފާނު ދައްކަވަމުންދާ މަންޒަރަކީ، ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށް ހިޔާނާތްތެރި ވެފައިވާކަންކަމަށް ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުވެސް ހާމަނކުރަން ދެކޮޅު ހައްދަވާކަމަށެވެ. އަދި މުޅިންހެންވެސް ވަމުންދަނީ ހިޔާނާތްތަކެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ހިއްސާކޮށްފައިވާ ހަބަރުގައި ވާގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދަރިފުޅަށް ޑިޕެންޑެންސީ އެލޮވެންސްގޮތުގައި ސަރުކާރުން އަހަރަކު މިލިއަނަކަށްވުރެ ގިނަ ރުފިޔާދެއެވެ. އަދި އެނާ ހުންނަނީ ލަނޑަނު އެމްބަސީގައި މަގާމެއް ދީފައިކަމަށާއި، އެ އެލޮވެންސް ދެމުންދަނީ، އުސޫލުތަކާއި ހިލާފަށް ކަމަށްވެސް ހަބަރުގައި ޝާއިއުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: