ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު، އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށައެޅުމާއި އެކު، އެމްޑީޕީގެ ތެރޭގައި އޮންނަ ސާލިހު އަދި ނަޝީދު ފެކްޝަންގެ ދެބަސްވުންތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ދެ ފެކްޝަންގެ ވާދަވެރިކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ، އެމްޑީޕީއިން ޑިމޮކްރެސީގެ ވާހަކަތައް ދެއްކުން ހުއްޓާލަން ޖެހިފައިވާތާ، ”ލައްކަ“ ޒަމާންވެފައިވާކަމަށެވެ.
މަލީހު ވިދާޅުވީ، އެމްޑީޕީއިން މަކަރު ނުހަދާ ޕްރައިމެރީއެއް އަދި އެތެރޭގެ އިންތިހާބެއްވެސް މިހާތަނަށް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދެވިފައިނުވާކަމަށެވެ. އަދި ރައީސް ނަޝީދު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށްފާނެކަމުގެ ބިރު ހީވުމާއި އެކު، ރައީސް ސާލިހާއި، އެ މަނިކުފާނަށް ތާއީދު ކުރާ މީހުން މަސައްކަތްކުރަމުން ގެންދަވަނީ، ރައީސް ނަޝީދުގެ ”ވައިހުސްކޮށްލަން“ ކަމަށާއި، އެކަމައުގެ ހިއްސާވާ ”މެޝިނަރީ“ތައް ހުރީ މެކުހައްޖަހާފައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއިން ޑިމޮކްރަސީގެ ވާހަކަ ދެއްކުން ހުއްޓާލަންވިތާ ލައްކަ ޒަމާންވެއްޖެ. މަކަރުނަހަދާ ޕްރައިމަރީއެއް, އެތެރޭގެ އިންތިޚާބެއް މިހާތަނަށް ފޯރުކޮށް ނުދެވޭ. ރ.ނަޝީދު ވާދަކޮށްފާނެހެން ހީވާތީ އެމަނިކުފާނުގެ ވައިހުސްކޮށްލަން ރ.އިބޫއާއި މުޅި މެޝިނަރީ މެކުހަށް ޖަހާފަ. ލަދުވެތި.
— Mohamed Maleeh Jamal (@maleehjamal) August 20, 2022
މަޖީދީމަގުގައި ހުންނަ އެމްޕީ އަލީ އާޒިމް ދިރިއުޅުއްވާ ގޭގައި މިވަގުތު ރައީސް ނަޝީދު އެކުރައްވާ މަސައްކަތަކީ ކޮންގްރެސްގައި ދެން އަމަލުކުރާނެ ގޮތް ކަމަށް ބެލެވޭ. 6 ކުޅި ކުރިޔަށް ކުޅުއްވާ ބޭފުޅުން ސާފުވާނެ.
— Mohamed Maleeh Jamal (@maleehjamal) August 20, 2022
ރައީސް ސާލިހާއި، ރައީސް ނަޝީދުގެ ދެމެދު އޮތް ވާދަވެރިކަމަކީ، ލަދުވެތި ހިސާބަކަށް ގޮސްފައިވާ ކަމެއްކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން، މަލީހު އިޝާރާތްކުރެއްވީ، މީޑިއާތަކުން، ރައީސް ނަޝީދު ފެކްޝަންގައި ހިމެނޭ މީހުންގެ ތެރޭގައި ބައްދަލުވުމެއް ހިންގައިފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މަޖީދީމަގުގައި ހުންނަ އެމްޕީ އަލީ އާޒިމް ދިރިއުޅުއްވާ ގޭގައި މިވަގުތު ރައީސް ނަޝީދު އެކުރައްވާ މަސައްކަތަކީ ކޮންގްރެސްގައި ދެން އަމަލުކުރާނެ ގޮތް ކަމަށް ބެލެވޭ. 6 ކުޅި ކުރިޔަށް ކުޅުއްވާ ބޭފުޅުން ސާފުވާނެ.
— Mohamed Maleeh Jamal (@maleehjamal) August 20, 2022
މަލީހު ވިދާޅުވީ އެމްޕީ އަލީ އާޒިމް ދިރިއުޅުއްވާ ގެއަށް ރައީސް ނަޝީދު ޒިޔާރަތް ކުރެއްވީ، އެމްޑީޕީގެ ކޮންގްރެސްގައި ދެން އަމަލު ކުރަންވީ ގޮތަކާއިމެދު، މަޝްވަރާތަކެއް ކުރައްވަންކަމަށް ބެލެވޭކަމަށެވެ. އަދި މި ކޮންގްރެސް ނިމިގެންދާއިރު، ހަ ކުޅި ކުރިއަށް ކުޅެނީ ކޮން ބޭފުޅެއްކަން ސާފުވެގެންދާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީ ސަރުކާރުގެ އެއްވެސް އޮފީހެއްގެ ވެބްސައިޓަށް ވަނުން މިވަގުތު ރައްކާތެރިއެއް ނޫން. ފިތާލެވޭ ލިންކްއަކުން, ޑައޮންލޯޑް ކުރެވޭ އެއްޗަކުން, ސާރޗްކުރެވޭ މަޢުލޫމާތަކުން ތަހުޤީޤުކޮށް ޖަލަށް ލާފާނެ. އައިޖީއެމްއެޗް ކޭހަކީ ނުރައްކަލުގެ ރަނގަބީލެއް. މިއީ ޤަދީމީ ސަރުކާރެއް.
— Mohamed Maleeh Jamal (@maleehjamal) August 21, 2022
މީގެ އިތުރުން މަލީހުވަނީ މުޅި އެމްޑީޕީގެ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން އެނާ ވަނީ، އެމްޑީޕީގެ ވެބްސައިޓުތަކަށް ވަނުމަކީ ނުރައްކައުތެރިކަމެއް ކަމަށް ސިފަކުރައްވާފައެވެ.
މަލީހު ވިދާޅުވީ، ފިތާލެވޭ ލިންކަކުން، ޑައުންލޯޑު ކުރެވޭ އެއްޗަކުން ނުވަތަ ހޯދާ މައުލޫމާތެއްގެ ގޮތުން، އެކަމުގެ މައްޗަށް ބިނާކޮށް، ތަހުގީގެއް ކުރެވި އެމީހެއް ޖަލަށް ލުން ގާތްކަމަށެވެ. އަދި ދާދި ފަހުން، ނޫސްވެރިޔަކާއި، އައިޖީއެމްއެޗްގެ ވެބްސައިޓާއި ގުޅުވައި ކުރެވިފައިވާ ތުހުމަތުތަކަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، އެ ކޭސްއަކީ ނުރައްކަލުގެ ރަނގަބީލެއްކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރަކީ، ގަދީމީ ސަރުކާރެއްކަމަށްވެސް އެނާ ސިފަ ކުރެއްވިއެވެ.
މަލީހުގެ ގިނަ ފާޑުކިޔުންތައް އެމްޑީޕީއަށް އަމާޒުވިއިރު، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަށް ބަދަލެއް ގެނައުމަށް ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށައަޅާފައިވާ ގަރާރާއި ގުޅިގެން އެ ޕާޓީގެ ތެރޭގައިވަނީ ދެބަސްވުންތަކެއް އުފެދިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މީހުންވަނީ، ނިޒާމަށް ބަދަލު ގެންނަން ފެނޭތޯ ރައްޔިތުންގެ ގާތުގައި އެހުން މުހިންމުކަމަށް ސިފަކުރައްވާފައެވެ.
ރައީސް ސާލިހުގެ ފެކްޝަންގައި ހިމެނޭ މީހުން ގެންދަވަނީ، ރިޔާސީ ނިޒާމަކީ، ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމުކަމަށް ބުނެ، އެ ނިޒާމު ދެމެހެއްޓުމަށް ތާއީދު ކުރައްވާ ވާހަކަދައްކަވަމުންނެވެެ. އަދި ރައީސް ސާލިހުވެސްވަނީ އެމަނިކުފާނު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

