ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަޝްރަހު މިވަނީ ބަދަލުވެފައި، މަސައްކަތް ކުރަންޖެހޭގޮތް ބަދަލުކުރަންޖެހޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަޝްރަހު މީގެ ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ސިޔާސީ މަސައްކަތަށް އައިސްފައިވާ ބަދަލާއެއްގޮތަށް މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު އޮތީ 2000 އިން 2005 ވަނަ އަހަރާއި ހަމައަށް ނުވަތަ 2005 އިން 2008 ވަނަ އަހަރާ ހަމައަށް އޮތް ގޮތަކަށް ނޫން ކަމުގައެވެ. އެހެންކަމުން މިދިޔަ މުއްދަތުގައި ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި އެއްގޮތަށް އަދުގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލު ކުރަންޖެހޭ ކަމަށެވެ.

އިމްރާން އެގޮތަށް ވިދާޅުވެފައިވާއިރު އަދާލަތު ޕާޓީ އިން އެޕާޓީ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެޕާޓީ އިން ގެންދަނީ އެކި ރަށްރަށަށް ދަތުރުކޮށް ޕާޓީގެ އެކި މަސައްކަތްތައް ކުރަމުންނެވެ.

އަދާލަތު ޕާޓީ އަކީ މިއަދުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތުން އިއްތިހާދުވާނެ ފަރާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި އިމްރާންގެ ޓްވީޓް އަމާޒުވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް ކަމުގައި ބެލެވެއެވެ. ސަބަބަކީ މީގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަޖެހެން ފެށި އެކި ޕާޓީ ތަކުން ސިޔާސީ ގޮތުން ވިއްކާނެ އެއްޗިހި ރައްޔިތުންނަށް އެނގޭ ވާހަކައެވެ.

މީގެ އިތުރުން އިމްރާންވަނީ އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީ އަކުން ކޮން ކެންޑިޑޭޓަކަށް ތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: