ސޯޝަލް މީޑިއާގައި އަލަމްގިރިގެ އިއުތިރާފު ބަޔާން ލީކުކޮށްލި އިރު، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދަށެވެ. އަދި އަޑުއެހުމަށް 24 ގަޑިއިރަށް ވުރެ ކުޑަތަން ވެފައިވަނިކޮށް ބަޔާން ލީކުވީއިރު އޭގެއިން އެނގޭ ގޮތުގައި އަލަމްގިރި ވަނީ ނާޒިމާއި ދެކޮޅަށް ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. ގިނަ ބަޔަކާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އެ ބަޔާނުގައި އިއުތިރާފުވީ ނަމަވެސް އޭނާ ބުނާ ގޮތުގައި އެތަނުން އޭގެ ފަހުން ވެސް ގުޅުމެއް ބޭއްވި ހަމައެކަނި މީހަކީ ނާޒިމެވެ.
އަލަމްގިރި ބުނީ ނާޒިމް އޭނާއަށް ހަދިޔާ ފަދަ ތަކެތި ގަނެދީ އުޅުނު ކަމަށެވެ. އަދި ފުލުހުން އޭނާ ދިރިއުޅުނު އެޕާޓްމަންޓު ބަލާފާސް ކުރުމަށް ފަހު ގެންދިޔަ ތަކެތީގެ ތެރޭގައި ނާޒިމް ދިން ބައެއް ހަދިޔާތައް ހިމެނޭނެކަމަށް އަލަމްގިރި ވަނީ ބުނެފަ އެވެ.
ލީކުވި ބަޔާނަކީ ތަރުޖަމާނެއްގެ އެހީގައި ތައްޔާރުކޮށްފައިވާ ބަޔާނެކެވެ. އަދި އެ ބަޔާނުގައި އަލަމްގިރީގެ ސޮޔާއި އެކު އިނގިލީގެ ނިޝާން ޖަހާފައި ވެއެވެ.
ނާޒިމް ދިރިއުޅޭ ގެއަށް ދިޔަ ނަމަވެސް، އޭނާ އަކީ ކޮން ހައިސިއްޔަތެއްގެ ކާކުކަން ނޭނގޭކަމަށް އަލަމްގިރިގެ ބަޔާނުގައި ވެއެވެ. އެ ގޭގެ ނަމަކީ ”ކެނެރީގެ“ ކަން ނޭނގުނު ނަމަވެސް މަޖީދީ މަގު ސީކްރެޓް ރެސިޕީ ގޯޅީގެ ތެރެއިން އެގެއަށް ދެވޭކަމާއި އަދި ގެ ހުންނަ ގޮތް ސިފަކޮށް ދީފައިވާ ގޮތުން އެއީ ކެނެރީގެކަން އެނގެ އެވެ. އަލަމްގިރީ ބުނެފައިވާ ގޮތުން ނާޒިމާއި އެކު އޭނާ އެކި ފަހަރު މަތީން ގުޅުން ހިންގާފައިވާނެ އެވެ. އަދި ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދިފައިވާކަމަށް ބުންޏެވެ.
އަލަމްގިރިގެ ބަޔާނުގައި ނާޒިމްގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ހިމަނާފައި ވެއެވެ. ނަމަވެސް އެއީ އާއްމު އިޖްތިމާއީ މިންގަނޑާއި ހިލާފު ވާހަކަތަކެއް ކަމުން ހަބަރުގައި ނުހިމެނީ އެވެ.
ބަޔާނުގައި އަލަމްގިރި ވަނީ އޭނާއަށް އުމުރުން 07 އަހަރުގައި މީހަކު ޖިންސީ ގޯނާ ކުރިކަމަށް ބުނެފަ އެވެ. އަދި އެކަން އާއިލާގެ އެއްވެސް މީހަކަށް އަންގާފައި ނުވާނެކަމަށާއި އުމުރުން 10 އަހަރުން ފެށިގެން އެކި މީހުންނާއި އެކު ގުޅުން ހިންގާފައިވާނެކަމަށް ބުނެފައި ވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި އަލަމްގިރި ބުނެފައިވާ ގޮތުން އޭނާއަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން އޭނާ ފަހުން މާލޭގައި ދިރިއުޅުނު ގޭގެ މީހުންނަށް ނޭނގޭނެ އެވެ. އެ މީހުންގެ ނަން ވެސް ތަފްސީލު ކުރުމަށް ފަހު އަލަމްގިރި ބުނީ، ލެމަންގްރާސްގެ ވަޒީފާ ބުރަވުމުގެ ސަބަބުން ދޫކުރުމަށް ފަހު ދޯންޏެއްގައި މަސައްކަތް ފެށި ކަމަށެވެ. އަދި އެ ދޯނީގެ ވެރި މީހާއަށް އޭނާގެ މަސައްކަތް ކަމުދިއުމުން ފަހުން ގޭގެ މަސައްކަތަށް ގެނައިކަމަށް ބުންޏެވެ. އަލަމްގިރި ބުނީ އެ ދެމަފިރިންގެ ދަރިއެއް ނުހުންނާތީ، ދެ މީހުންގެ ފަރާތުން ލޯތްބާއި އަޅާލުން އޭނާ
އެއީ ދެ ކޮޓަރީގެ އެޕާޓްމެންޓެއްކަމުން އޭނާ އުޅުނީ އެތަނުން އެއް ކޮޓަރީގައިކަމަށާއި
އަލަމްގިރްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން 45 އާއި 50 ދެމެދުގެ އަދަދެއްގެ މީހުންގެ ވީޑިއޯތައް އޭނާ ވާނީ ކޮށްފައެވެ. ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ނާޒިމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ.
އަލަމްގިރް ފުލުހުންނަށް ދިން ބަޔާން ލީކްވުމާއި ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

