އެސްޓީއޯއިން ހުކުރު ދުވަސްތަކަށް ހާއްސަކޮށްގެން ޖުމްޢަ ސްޕެޝަލްގެ ނަމުގަ ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ ތެރެއިން މި ހަފްތާގެ ހަދިޔާއެއް ގޮތުގައި ”ފްރަގާޓާ“ އޮލިވް ފުޅިއެއް ދޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން އިއުލާނުކޮށްފައިވާ ގޮތުން، އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ޖުމްޢަ ސްޕެޝަލް ޕްރޮމޯޝަންގެ ތެރެއިން މި ހަފްތާގައި 150 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް 250 މިލިލީޓަރުގެ ”ފްރަގާޓާ“ އޮލިވް ފުޅިއެއް ލިބޭނެއެވެ.
This Friday Morning, we’re giving away #Fragata Olive 250ml with every purchase above MVR150 😃🎊
📍STO People’s Choice
⏰ 08:30 – 10:30hrs. | 2nd Sept 2022 #JummahSpecial #HappyFriday pic.twitter.com/2K7twbcfPy— STO People's Choice (@stopc_mv) September 1, 2022
އެސްޓީއޯ ޖުމްޢަ ސްޕެޝަލް ޕްރޮމޯޝަންގައި ހަދިޔާތަކުގެ ގޮތުގައި ލިބޭނީ އާންމުކޮށް ހުކުރު ދަުވަހު ބޭނުން ކުރާ ކައްކާ ތަކެތީގެ ތެރެއިން ހަދިޔާއެކެވެ. އަދި އެ ކުންފުނިން ބުނެފައިވާގޮތުން ކޮންމެ ހަފްތާއަކު ދެވޭ ހަދިޔާތައް ތަފާތުވާނެއެވެ. އެހެން ނަމަވެސް ހަދިޔާތައް ވެގެންދާނީ ހުކުރު ދުވަހު އާންމުކޮށް ގިނަ ބަޔަކު ގަންނަ ތަކެތީގެ ތެރެއިން އެއްޗެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

