ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 30 ފުލުހަކު ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު 30 ފުލުހަލު މަޤާމުގެ ހުވާކޮށްފިއެވެ.

އައްޑޫ ސިޓީގައި ފުލުހުންގެ ތަމްރީން މަރުކަޒު، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި އިއްޔެ ބޭއްވުނު މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ އައްޑޫ ސިޓީ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އެވެ.

މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ 23 ފިރިހެން ފުލުހުންނާއި ފަސް އަންހެން ފުލުހުން އަދި ސްޕެޝަލް ކޮންސްޓަބްލަރީގެ ދެ ފިރިހެން ފުލުހުން ހުވާކޮށް ހުވާގެ އިގުރާރުގައި ސޮއިކޮށްފައިވެ އެވެ.

މިރަސްމިއްޔާތުގައި  ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝަމީމް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އާތިފް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ރަޝީދާ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަޝީދު އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޞަބާހް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: