ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރު ދަށްކޮށްފި

ދުނިޔޭގެ ތެޔޮ އުފައްދާ ޖަމިއްޔާ އޮޕެކް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ތެޔޮ އުފައްދާ މިންވަރުން ދުވާލަކު ދެ މިލިއަން ފީފާ މަދު ކުރަން ނިންމާފައިވާކަމަށް ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ އޮޕެކްއިން އިއުލާނުކޮށްފިއެވެ.

ބުދަ ދުވަހު އޮސްޓްރިއާގެ ވެރިރަށް ވިއަނާގައި އަހަރުތަކަކަށް ފަހު އޮޕެކްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އެ ޖަމިއްޔާއިންވަަނީ ބައެއް ގައުމުތަކުން ތެޔޮ އުފައްދަމުންދާ މިންވަރުތައް މަދުކޮށްފައެވެ.

އެގޮތުން ނައިޖީރިއާއިން އުފައްދަމުންދާ ތެލުން ދުވާލަކު 84،000 ފީފާ މަދުކޮށްފައެވެ. އެހެން ނަމަވެސް މި ބަދަލުގެ ސަބަބުން އެ ގައުމަށް ބޮޑެތި މާލީ ގެއްލުންތަކެއް ނުލިބޭނެކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެއެވެ.

އޮޕެކްއިން ތެޔޮ އުފައްދާ މިންވަރުތައް ދަށް ކުރުމަށް ނިންމާފައިވަނީ އެމެރިކާއިން ތެޔޮ އުފައްދާ މިންވަރުތައް އިތުރު ކުރުމަށް އިލްތިމާޒްކޮށްފައިވަނިކޮށެވެ.

ނައިޖީރިއާއިން ތެޔޮ އުފައްދާ މިންވަރުތައް ދަށް ކުރުމާއި އެކު، 120 ޑޮލަރުން 80 ޑޮލަރަށް ވެއްޓިފައިވާ އެ ގައުމުގެ ތެޔޮ ފީފާއެއްގެ އަގުވަނީ މައްޗަށް ގޮސްފައެވެ.

ނައިޖީރިއާގެ އިތުރުން އެންގޯލާއިން އުފައްދާ ތެލުން 70،000 ދުވާލަކު ފީފާ، އަލްގީރިއާއިން ދުވާލަކު 48،000 ފީފާ އަދި އުނައިޓެޑް އަރަބް އެމިރޭޓްސް އިން ދުވާލަކު 160،000 ފީފާ މަދު ކުރުމަށް ނިންމާފައިވާއިރު، ރަޝިއާ އަދި ސައުދީއިން ވަނީ 526،000 ފީފާ މަދު ކުރުމަށް ނިންމާފައިއެވެ.

އޮޮޕެކްގެ މި ނިންމުމަކީ ޗައިނާ އެމެރިކާ އަދި ޔޫރަޕު ފަދަ ގައުމުތަކުގެ އިގްތިސާދު ހީނަރުވެ، ދުނިޔޭގެ ތެލުގެ ޑިމާންޑު ދަށްވުމުގެ ސަބަބުން، ތެލުގެ އަގުތައް ވެއްޓިގެންދިއުމާއި ގުޅިގެން ނަގާފައިވާ ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: