މޯލްޑިވްސް އިންލެންޑް ރެވެނިއު(މީރާ) ގެ ވެބްސައިޓް ކްރޭޝްވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދައުލަތަށް ވަންނަ ޓެކްސް ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ކަންކަން ހަވާލުވެފައިވާ މުއައްސަސާ ކަމަށްވާ މީރާގެ ވެބްސައިޓު ކްރޭޝްވެފައިވަނީ ރޭގެ ދަން ވަގުތެއްގައިކަމަށްވާ އިރު, އެ ވެބް ސައިޓަށް ވަނުމުން ފެންނަނީ އެރާރ ކޯޑް 520 އެވެ.
މީރާގެ ވެބްސައިޓު ކްރޭޝްވެ، އެޕްލިކޭޝަން ބޭނުން ނުކުރެވި ދިއުމާއި ގުޅިގެން ދިމާވެފައިވާ މައްސަލައާއި މެދު ސުވާލު ކުރުމުން މީރާއިން ބުނެފައިވާގޮތުން، ވެބްސައިޓަށް ވަނުމުގައި ދަތިތަކެއް ކުރިމަތިވެގެންދިޔައީ އެ މުއައްސަސާއަށް ކުރިމަތިވި ”ޓެކްނިކަލް އިޝޫ“ އެއްގެ ސަބަބުންނެވެ.
މީގެ އިތުރުން މިހާރު ސައިޓަށް ވަދެވޭ ވަރު ކުރެވިފައިވާކަމަށް މީރާއިންވަނީ ބުނެފައިވެއެވެ.

