ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކޮށްފައިވަނީ 44 މެމްބަރުންގެ ވޯޓާ އެކުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ދިރާސާކުރި އަންނަ އަހަރުގެ އޮޑިޓރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށައަޅައިގެން ފާސްކުރަން ޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓްވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަން ޖެހެއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށައަޅާފައިވަނީ 95 މިިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ދިރާސާ ކުރުމަށްފަހު، ފިނޭންސް މިނިސްޓްރީގެ މަޝްވަރާއަށްފަހު 93.4 މިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަ ކުރިއެވެ.

ބަޖެޓްގެ 61 މިލިއަން ރުފިޔާ އަކީ އޮފީސް ހިންގުމާއި ހަރުމުދާ ގަތުމަށް ކަނޑައެޅުނު ބަޖެޓެވެ. ބާކީ ހުރި 32 މިލިއަން ރުފިޔާ އަކީ ކެޕިޓަލް ހަރަދުގެ ގޮތުގައި ހަމަޖެއްސުމަށް ކަނޑައެޅުނު އަދަދުކަން ފާހަގަކޮށްލެވެއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހަށް މިއަދު ފާސްކޮށްދިން ބަޖެޓްގަިއި ޕީއެސް އައިޕީ ޕްރޮގްރާމްގެ ގޮތުގައި ކަނޑައަޅާފައިވާ 32.4 މިލިއަން ރުފިޔާ އަކީ އޮޑިޓް އޮފީހުގެ އާ އިމާރާތަށް ހަރަދުވާނެ ކަމަށް ލަފާކުރާ މިންވަރެވެ.

އަންނަ އަހަރަށް 93 މިލިއަން ރުފިޔާގެ ބަޖެޓެއް އޮޑިޓް އޮފީހަށް ދިނުމަށް ނިންމި އިރު މި އަހަރު އޮޑިޓް އޮފީހުގެ ބަޖެޓަކީ 81 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: