ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބިލު ފާސްވީ ހަނި އަގުލަބިއްޔަތަކުން، ސަރުކާރުން މިކަމާއި ވިސްނަން ޖެހޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބިލު ފާސްވެފައިވަނީ ހަނި އަގުލަބިއްޔަތަކުން ކަމަށާއި، އެކަމާއި މެދު ސަރުކާރުން ވިސްނަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓެކްސްގެ އަދަދުތައް އިތުރު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ހުށައެޅުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު 55 މެމްބަރުންގެ ވޯޓާއި އެކު ފާސްވުމާއި އެކު، ރައީސް ނަޝީދުވަނީ އެމަނިކުފާނު ހިތްހަމަޖެހިވަޑައިގެން ނެތްކަން ހާމަކުރައްވާ، އެފަދަ ވޯޓެއް ނެގިގެންދާއިރު، ފާސްވަނީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް އިޝާރާތްކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ބިލު ފާސްވެގެން އައިސްފައިވަނީ ހަނި އަގުލަބިއްޔަތަކުންކަމަށެވެ. އެހެންކަމުން ކަންކަން ތަންފީޒު ކުރުމުގައި އެހެނިހެން މެމްބަރުންގެ އިރުޝާދުތަކާއިމެދުވެސް ވިސައިގެން ކުރިއަށް ދިއުމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ރައީސް ނަޝިދުވަނީ ޓެކްސް ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތްކޮށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޓެކްސް ބޮޑު ކުރުމަށް ނިންމީ ދަރަނި ދައްކާނެ ނިޒާމެއް ގާއިމު ކުރުމަށް ކަމަށް ރައީސް ނަޝީދުވަނީ ސިފަކުރައްވާފައެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 9%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: