ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބިލަށް ތާއީދުކޮށް ސެމްބެ ވޯޓު ދިނުން: ވިޕާއި ހިލާފުވެފައި ވާތީ މައްސަލަ ބަލަނީ!

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ޕީޕީއެމްގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ އާއި ފަތުރުވެރިންގެ ހިދުމަތުން ނަގާ ޓީޖީއެސްޓީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާއި ދެކޮށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިޕާއި ހިލާފުވި މައްސަލަ ބަލާނެކަމަށް ޕީއެންސީގެ ޕާލިމަންޓު ގުރޫޕު ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑު ކުރުމަށް ނިންމައި، ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސެއްގައި އިއުލާނު ކުރުމާއި އެކު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެކަމަށް ދެކޮޅު ހެދި އެވެ. އަދި މިއީ ރާއްޖޭގެ ހާލަތަށް ބަލައި، ޓެކްސް ބޮޑު ކުރަން ޖެހޭ ހާލަތެއް ނޫންކަން ވެސް ފާހަގަ ކުރި އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހެޅި ބިލަށް އިދިކޮޅުގެ އިތުރުން ދެން ދެކޮޅު ހެދީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ އެމަނިކުފާނާއި އަރިސް މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ދެ ދުވަހު ބިލު ތާށި ކުރުމަށް ފަހު، މުދަލާއި ހިދުމަތުގެ އަގުން ނަގާ ޖީއެސްޓީ 08 ޕަސަންޓަށް ބޮޑު ކުރުމަށް ފާސް ކުރީ ވޯޓުގައި ބައިވެރިވި 82 މެމަބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓާއި އެކު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަރިސް އެމަނިކުފާނުގެ ފެކްޝަން ބޭފުޅުން ބިލާއި އެއްކޮޅަށް ދިން ވޯޓުގައި ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހިމެނެ އެވެ.

މެމްބަރު ހުސެއިން އެ ޕާޓީގެ ވިޕާއި ހިލާފުވެފައި ވާތީ އެކަމާއި މެދު ކުރަން ޖެހޭ މަޝްވަރާތަކަށް ފަހު ފިޔަވަޅު އަޅާނެކަމަށް ޕީޕީއެމާއި ޕީއެންސީ ޕާލިމަންޓު ގުރޫޕުން ބުނީ އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ޕްރެސްގައި އާދަމް ޝަރީފް ވަނީ، ބިލު ފާސް ކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދެވަނަ ވިސްނުމަކަށް ގޮސް މި ބިލު ތަސްދީގު ނުކުރެއްވުމަށް އެދޭ ކަމަށެވެ.

ޓެކްސް ބޮޑު ކުރާމާއި މެދު އިދިކޮޅުގެ ސްޓޭންޑު ވަރަށް ސާފުކަމާއި އެހެންކަމުން، ވޯޓާއި ހަމައިން ޕާޓީގެ މެމްބަރަކު ވިޕާއި ހިލާފުވާން ވީ ސަބަބަކީ ކޮބައިތޯ ”ސަންގު“ އިން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ ޓެކްސް ބިލަށް ވޯޓު ނުދޭން ދެ ޕާޓީގެ ޖޮއިންޓު ޕާލިމަންޓު ގުރޫޕުން އޮތީ ތްރީލައިން ވިޕެއް ނެރެފައިކަމަށެވެ. އެހެންކަމުން، ހުސެއިން ޕާޓީގެ ވިޕާއި ހިލާފުވެފައި ވާތީ އޮންނަ އުސޫލުގެ ތެރެއިން އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ބައިތައް ކުރިޔަށް ގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފިޔަަވަޅަކަށް ވުރެ ބޮޑަށް، މި މައްސަލަ ބެލުމުގައި ބަލާނީ ޕާޓީގެ ރޫހު ދަމަހައްޓައި ބަދަހިކޮށް ވޭއްވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: