ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ ބޭރުން ހަރަދު ކުރި 5.8 ބިލިއަންގެ ތަފްސީލު ދިނުމަށް ދެކޮޅު ހެދުމަކީ ގޯހެއް: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުންނާއި ދިވެހި ރައްޔިތުން އެ ޕާޓީއަށް ކުރާ އިތުބާރު ގެއްލުވާ ނުލުމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ފާސް ނުކޮށް، ފާސްވެފައިވާ ބަޖެޓުގެ އިތުރަށް 5 ބިލިއަން ރުފިޔާ އަށްވުރެ އިތުރު އަދަދެއް ހަރަދު ކުރުމަށްފަހު، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރެއަށް އެ ފައިސާތައް ހިމަނާފައިކަމަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުގެ އަމަލުތައް ބައްޓަންވެފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅު ކުރައްވާ ހަސަން ލަތީފްވަނީ މިހާރު އަމަލު ކުރަމުންދާ ގޮތުން ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރަށް އަސަރުތަކެއް ކުރާކަމަށް ސިފަކުރައްވާފައެވެ.

ހަސަން ލަތީފް ވިދާޅުވީ، މި އަހަރުގެ ބަޖެޓުން ބޭރުން 5 ބިލިއަނަށްވުރެ މަތީ އަދަދެއް ހަރަދު ކުރުމަކީ ”ދެރަ ކަމެއް“ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ހަރަދުތަކެއް ކުރުމަށްފަހު، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރޭގައި އެ ފައިސާ ހިމެނުމަކީ ސަރުކާރުން ހަދަމުންދާ ގޯހެއްކަމަށާއި، ހިމަނާފައިވާ 5.8 ބިލިއަން ރުފިޔާގެ ތަފްސީލުތައް ދިނުމަށް ސަރުކާރުން ދެކޮޅު ހެދުމަކީ އިންތިހާއަށް ބޮޑު ގޯހެއްކަމަށް ސިފަކުރައްވާ އެނާވަނީ އެފަދަ އަމަލުތައް ނުކުރެއްވުމަށް ސަރުކާރަށް އިލްތިމާޒް ކުރައްވާ، ޕާޓީއަށް މެމްބަރުން ކުރަމުންދާ އިތުބާރު ގެއްލުވާނުލުމަށް އެދިވަޑައިގެންފައެވެ.

މި އަހަރު ކޮށްފައިވާ ހަރަދެއް ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާފައިވާކަމަށް ބުނެ ހަސަން ލަތީފް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ މަރުކަޒީ ބެންކުންވެސް ވަނީ ބަޖެޓާއި ގުޅޭގޮތުން ކަންބޮޑުންތައް ހުރިކަން ހާމަކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ފިސްކަލް ހާލަތު ހުރިގޮތުންނާއި ރާއްޖޭގެ ދަރަނީގެ އަދަދުތައް އިތުރުވެފައިވާތީ، ކުރިއަށް އޮތް އަހަރުގެ ލިބޭ އާމްދަނީ އިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެކަމަށް ގަބޫލު ނުކުރާކަމަަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: