ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެމެދު ނެގި އޮންލައިން ވޯޓެއް ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދޭތެރޭ ރައްޔިތުންގެ ތާއީދު އޮތީ ކޮން ފަރާތަކަށްތޯ ބެލުމަށް ޓްވިޓާރގައި ނެގި ވޯޓެއް ރައީސް ނަޝީދު ކަމިޔާބު ކުރައްވައިފިއެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު ދެމެދު ވޯޓެއް ނަގާފައިވަނީ ޓްވިޓާރގައި ސަރުކާރު އަދި ސަރުކާރުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނަށާއި ރައީސް ސާލިހަށް ގިނަ ފާޑުކިޔުންތައް އަމާޒުކުރަމުންދާ ”ހަސަން ކުރުސީ“ އެކައުންޓުންނެވެ. ސަރުކާރުގެ ފެކްޝަނަށް ނިސްބަތްވާ ފަރާތްތަކުން ތުހުމަތުކުރައްވާގޮތުން، މި އެކައުންޓު ބޭނުންކުރައްވަނީ ރައީސް ނަޝީދެެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދު ދެމެދު ނެގުނު ވޯޓުގައި ޖުމުލަގޮތަކަށް ވޯޓު ދީފައިވަނީ 4914 މީހެކެވެ. މި ވޯޓުން ރައީސް ސާލިހަށް ލިބިފައިވަނީ 44 އިންސައްތަކަމަށްވާއިރު، ރައީސް ނަޝީދު ވޯޓު ކާމިޔާބު ކުރެއްވީ 56 އިންސައްތަ ވޯޓާއި އެކުއެވެ.

ހަސަން ކުރުސީ އެކައުންޓުންވަނީ މި ވޯޓުގެ ނަތީޖާ ޝާއިއު ކުރުމަށްފަހު ސަރުކާރަށް އިތުރު ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ރައީސް ނަޝީދުކަމަށް ތުހުމަތު ކުރާ މި އެކައުންޓުންކޮށްފައިވާ ޕޯސްޓެއްގައި ރައީސް ސާލިހާއި އިގްތިދާސީ ވަޒީރު ފައްޔާޒު އިސްމާއިލް އަށް އެމްޑީޕީގެ ޕްރައިމަރީ ލަސް ކުރަން އުޅުމުގެ ތުހުމަތުކޮށްފައިވެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ރައީސް ނަޝީދު ފަސޭހަކަމާއި އެކު ޕްރައިމަރީ ކާމިޔާބު ކުރައްވާނެކަން އެ ދެ ބޭފުޅުންނަށްވެސް އިންގިލެއްވުމެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޥޯޓު ނަގަންވީ ޓުވިޓާ އެއްގައެއްނޫން، އާންމު ރައްޔިތުން ގާތައް އަންނަންވީ ތިޔަ ނަޝީދުއައް ދައްކާލާނަން ވޯޓުން ބަލިކުރާތަން، ޔަގީނުންވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބަކުންް ރ.ދުވާފަރުން އިރާދަކުރެއްވިއްޔާއި ބަލިކުރާނަން. ވަރަށް ސާފް….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: