ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ށ މިލަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 213 މީޓަރު ނެރު ބްރޭކް ވޯޓާ ޖެހުމާއި، 360 މީޓަރުގެ ސޭންޑް ފިލް ބްރޭކް ވޯޓަރ ޖެހުމާއި 10 މީޓަރުގެ ސަމްބާޖް ބްރޭކް ވޯޓަރ ޖެހުން ހިމެނެއެވެ. އަދި 93 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުމާއި 311 މީޓަރުގެ އެއްގަމު ތޮށި އަދި ސްކޯރިން އޭޕްރޮން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 3 ކޮންކްރީޓް ބްރިޖް ހެދުމާއި މޫރިން ބޮއި ހަރުކުރުމާއި 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި އެކްސެސް ޕްލެޓްފޯމެއް އެޅުމާއި ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން މަގުބައްތި އާއި 3789 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއަކީ 79.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: