ހދ ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިއްޖެއެވެ.
މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ބޭރު ތޮއްޓާއި އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މީގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމުގެ މަސައްކަތާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސއްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއަކީ 69.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

