ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ”ފުޓުބޯޅަ ފޯރި“ ލަކީ ޑްރޯގެ ނަސީބުވެރިން ގަތަރަށް ދިއުމަށް ތައްޔާރުވެއްޖެ!

އުރީދޫ "ފުޓުބޯޅަ ފޯރި" ލަކީ ޑްރޯގެ ނަސީބުވެރިން: ފޮޓޯ/ އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ ”ފުޓްބޯލް ފޯރި“ ލަކީ ޑްރޯގެ ހަރަތު ނަސީބުވެރިން ފީފާ ވޯލްޑު ކަޕް 2022ގެ ސެމީ ފައިނަލުގައި ފްރާންސް އާއި މޮރޮކޯ ކުޅޭ މެޗު ބަލާލުމަށް ގަތަރަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

ވޯލްޑުކަޕުގެ ސެމީ ފައިނަލްގައި ފްރާންސް އަދި މޮރޮކޯ ބައްދަލު ކުރާ މެޗު ބަލަންދާ ނަސީބުވެރިންނަށް ޓިކެޓުތައް ހަވާލުކޮއްފައިވަނީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ. އުރީދޫ އިން މި ލަކީ ޑްރޯ ކުރިއަށް ގެންގޮސްފައިވަނީ  އޮގަސްޓް މަހުގެ 2 ވަނަ ދުވަހުން ފެށިގެން 31 އޮކްޓޯބަރު 2022ގެ ނިޔަލަށް އެ ކުންފުނީގެ ސުޕަރނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރާ ކަސްޓަމަރުނަށް ހުޅުވާލައިގެންނެވެ.

”ފުޓްބޯލް ފޯރި“ ލަކީ ޑްރޯގެ އެންމެ ފުރަތަމަ ނަސީބުވެރިން ހޮވާފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ދަތުރު ނުކުރެވޭތީ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ރީޑްރޯއެއް ނަގާފައިވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގަތަރަށް ރިޓާން ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީ ފައިނަލް މެޗު ބެލުމަ ސްޓޭޑިއަމްގެ ޓިކެޓާއި އެކު ގަތަރަށް ދަތުރު ކުރާ ނަސީބުވެރިންނަކީ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރ ހާފިޒް ސައީދެވެ.  މި ހަތަރު ނަސީބުވެރި ފަރާތުން ގަތަރުގައި 4 ދުވަހާއި 3 ރޭ ތިބޭއިރު ފީފާ ވޯލްޑް ކަޕް 2022 ގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އުރީދޫއިން ބުނެފައިވާގޮތުން މި ލަކީޑްރޯއަކީ ”ފުޓްބޯލް ފޯރި“ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕް ގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ހަރަކާތެކެވެ.

ވޯލްޑު ކަޕާއި ގުޅުވައި އުރީދޫއިންވަނީ މި ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފައިކަމަށްވާއިރު، އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފައިވެއެވެ.

ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫއިންވަނީ ފަންޒޯންތަކެއް ގާއިމުކޮއްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: