މާލޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރު ކުރެވުނު މީހާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
މާލޭގައި މާރާމާރީ އެއް ހިންގައި އަނިޔާވެފައިވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށް 25 އަހަރުގެ ދިވެހި އަންހެނަކު ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި އެ މައްސަލަ އަކީ އާއިލީ މައްސަލައެއް ކަމަށެވެ.
ފުލުހުން ބުނެފައިވާގޮތުން، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހިންގާފައިވާ މާރާމާރީގައި އަނިޔާވެފައިވާ މީހާއަށް ގެންދަނީ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ.

