ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން ހުށަނާޅާ ހަތް ސިޔާސީ ޕާޓީއެއް ޖުރުމަނާކޮށްފި

އީސީގެ ރައީސް ފުއާދް އަދި ނައިބު ރައީސް ހަބީބު: ފޮޓޯ/ އިލެކްޝަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަނާޅާ ހަތް ސިޔާސީ ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން ޖުރުމަނާކޮށްފިއެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖުރުމަނާ ކުރި ސިޔާސީ ޕާޓީތަކަކީ ސަރުކާރު ހިންގާ ކޯޅިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އެމްއެންޕީ އާއި އެމްއާރުއެމް އާއި ޕީއެންސީ އާއި ޑީއާރުޕީގެ އިތުރުން އެމްޓީޑީ އާއި އެމްއެލްއެސްޑީޕީއެވެ.

މާލީ ބަޔާން ހުށަނާޅާ ސިޔާސީ ޕާޓީޔައް ޖުރުމަނާ ކޮށްފައި ވަނީ 20،000ރ އިންނެވެ. ގާނޫނު ބުނާ ގޮތުން އަހަރަކު އެއްފަޖަރު ކޮންމެ ސިޔާސީ ޕާޓީއަކުން އެ ޕާޓީއެއްގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު ހިންގަނީ 11 ސިޔާސީ ޕާޓީއެކެވެ. ގާނޫނާއި އެއްްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ވަނީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ.

މާލީ ބަޔާން ހުށަނާޅާ ސިޔާސީ ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ޖުރުމަނާ ކޮށްފައިވާއިރު ސިޔާސީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އީސީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭ އުސޫލެއް ވެސް އީސީން ވަނީ އެކުލަވައިލައިފައެވެ.

ދިވެހިރާއްޖޭގައި މިވަގުތު ހިންގަނީ 11 ސިޔާސީ ޕާޓީއެކެވެ. އެހެންކަމުން ޖޫރިމަނާއިން ސަލާމަތްވީ ހަމައެކަނި ހަތަރު ސިޔާސީ ޕާޓީ އެވެ. އެއީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: