ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބިކަކުރީ ރައީސް ނަޝީދާއި ރައީސް ސާލިހު ގުޅިގެން: ޝުޖާއު

ޕްރޮގްރެސިވް ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިވެރިކަމުގައި  ރައްޔިތުން ބިކަކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ތުހުމަތު ކުރެެއްވި ގޮތުގައި މި ވެރިކަމުގެ 4 އަހަރު މުޅި ދައުލަތް ލޫޓުވާލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ހަރާމް ދެ ހުކުން ޖަހައި ކަނޑުވިއްކައި، ރިޒާވް ބަހާލައި އަދި ފައިސާ ވަނީ ޗާޕްކޮށްފައެވެ.

ޝުޖާއު ތުހުމަތު ކުރެއްވި ޣޮތުގައި ކޮވިޑުން ވައްކަން ކޮށް އެތައް ބައެއްގެ ފްލެޓްތައް ފޭރިގަނެފައިވަނީ ރައީސް ސާލިހު އާއި ރައީސް ނަޝީދު ގުޅިގެންނެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މިހާރު ރައީސް ނަޝީދު އުޅެނީ އެމަނިކުފާނާއި ރައީސް ސާލިހު އެކުގައި ރައްޔިތުން ބިކަކުރުމަށް ކުރި މަސައްކަތްތަކަކީ ރައީސް ސާލިހު ކުރި ކަންތައްތައް ކަމުގައި ދައްކައި އެކަމުން ރެކެން ކަމަށެވެ.

ޝުޖާއު ވިދާޅުވިގޮތުގައި ދައުލަތެއްގެ ސިފަ ކަނޑުވާލީ ދެ ރައީސުން ގުޅިގެން ކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ބެލި އެއްވެސް ކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީވެސް އޮތީ ސަރުކާރުގެ އަތުގައިކަން ފާހަގަކޮށް އެކަމާ ވިސްނާލުމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއުގެ އިތުރުން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން ދަނީ މިސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެގޮތުން  އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށާއި އެމަނިކުފާނަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށް ދަނީ ބުނަމުންނެވެ. އަދި އެކަމާއި ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތައް މާލޭގައި ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ މި ސުޖާއު އަކީ ރައްޔިތުން ބިކަކުރުމަށްވެސް އަދި ބޮކި ފެޅޭނެ މީހެއްވެސް ނޫން ކުޑަކުޑަ ޕޯޑިއަމެއް ކައިރީ ބޮޑޭ ވެލައިގެން ހުއްޓަސް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: