ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ވަގުތު ޖޭޕީގެ ނިންމުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން، އެހެން ނިންމުމެއް ނެތް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށާއި، ނަމަވެސް އެއީ ކޮން މިންގަނޑުތަކަކުންކަމެއް އަދި ޕާޓީން ނިންމާފައިނުވާކަމަށް ޕާޓީގެ ތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެފައިވާތީ ޖުމްހޫރީ ޕާޓީއިން ވަމުންދާ ތައްޔާރީތަކާއި އަދި ޕާޓީގެ ސިޔާސީ ހަރަކާތްތަކާއި ގުޅޭ ގޮތުން ”ސަންގުން“ ސުވާލުކުރުމުން އަލީ ސާލިހު ވިދާޅުވީ މިހާރު މި ހިނގަމުންދަނީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި، ސިޔާސީ ގޮތުން އެންމެ ފިނި ހަތަރު އަހަރުކަމަށެވެ. އިންތިހާބަށްފަހު ފެށިގެން އަންނަ ދުވަހު ސަރުކާރާއި އެއްކޮޅަށް ނަމަވެސް އަދި ދެކޮޅަށް ނަމަވެސް ރައްޔިތުން މަގުމައްޗަށް ނިކުމެ، މި ކަންތައްތަކުގައި ގިނަ  ވަގުތުތަކެއް ހޭދަކުރީ ފާއިތުވީ ވެރިކަންތަކުގައިކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ޕާޓީތަކުން ރިޔާސީ ކެޑިޑޭޓު އިއުލާން ނުކޮށްގެން ނުވަތަ ރިޔާސީ އިންތިހާބާއި މެދު ޕާޓީތަކުން ނިންމި ނިންމުން ނޭގިގެން ބައެއް ފަރާތްތަކުން ޝަކުވާ ކުރަނީ އެހެންވެގެންކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

އެހާ އޮމާންކޮށް ގައުމުގެ ކަންކަން ދާ ދަނޑިވަޅެއްވެފަ، އިންތިހާބު ބޯމަތިވީއިރުގައި، އެހެންޏާ ކަންކަން ވާހެންނެއް ނޫން މި ފެންނެނީ.

ޖުމްހޫރީ ޕާޓީ ވުޖޫދުވެގެން 2013 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިހާބަކަށް ނިކުތީ ތިން މަސް ދުވަހުގެ މަސައްކަތުންކަމަށް ފާޙަގަކުރައްވާ އަލީ ސާލިހު ވިދާޅުވީ އެފަހަރުގައިވެސް އެދެވޭ ނަތީޖާ ލިބުނުކަމަށެވެ. އެގޮތުން ކުޑަ މުއްދަތެއްގެ ތެރޭގައި ނިކުމެ ދެވަނަ ބުރަށް ދިއުމަށްޓަކައި ޕާޓީއަށް މަދުވީ 6 ހާހެއްހާ ވޯޓުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެން ކިއުތް 2018 ވަނަ އަހަރުގެ އިންތިހާބުގައިވެސް ޕާޓީގެ ނަން އޮތްކަމަށް ފާހަގަކުރެއްވިއެވެ.

ޖުމްހުރީ ޕާޓީއިން ގުޅިގެން ނިކުތް ސަރުކާރެއްގެ ތެރެއިން ރައީސުލްޖުމްހުރިއްޔާގެ ނައިބުގެ މަގާމަށްވެސް ޕާޓީގެ ބޭފުޅަކު ވާދަކުރެއްވިކަމަށް ވިދާޅުވެ އަލީ ސާލިހު ފާޙަގަކުރެއްވީ ފާއިތުވީ އަހަރުތަކުގައި ޕާޓީއަށް ލިބިފައިވާ ކާމިޔާބީތަކެވެ.

ދެން 2018 ގައި އަޅުގަނޑުމެންގެ ނަން އޮތް ރިޔާސީ އިންތިހާބުގައި. އެއީ އަޅުގަނޑުމެން ގުޅިގެން ނިކުތް ސަރުކާރެއްގެ ތެރޭގައި، ދެން ރައީސުލްޖުމްހުރިއްޔާގެ ނައިބުކަމުގެ މަގާމަށް ވާދަކުރެއްވީ އަޅުގަނޑުމެން ޕާޓީގެ ބޭފުޅެއް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓިއިން ވާދަކުރައްވާނެކަމަށް ޕާޓީއިން ނިންމާފައިވާކަމަށާއި، މިއީ އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ޕާޓީއިން މިހާތަނަށް ނިންމާފައިވާ ހަމަ އެކަނި ނިންމުންކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީއިން އިންތިހާބުގައި ވާދަކުރާނެ މިންގަނޑުތައް އަދި ނިންމާފައިނުވާކަމަށްށާއި، އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގައިތޯ ނުވަތަ ޕާޓީގެ ރިޔާސީ ކެޑިޑޭޓެއްތޯ ނިންމާފައިނުވާކަމަށް އަލީ ސާލިހު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާ އޮންނާނެކަމަށާއި، މި ޖަލްސާއިން ފާސްވެގެންދާ ޕާޓީގެ އާ ކައުންސިލަކުން ވަކި ބައްދަލުވުމެއް ބާއްވާ، ރިޔާސީ އިންތިހާބާއިމެދު ގޮތް ނިންމާނެކަމަށް އަލީ ސާލިހު ވިދާޅުވިއެވެ. މާ ލަސްތަކެއް ނުވެ ގައުމީ ޖަލްސާ އޮންނާނެ ވަކި ތާރީހެއް އިއުލާންކުރެވިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: