ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާހަކަށްވުރެ ގިނަ ބައިވެރިންނާ އެކު ޕީޕީއެމްގެ ހޯޕް ކޮންފަރެންސް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

1000 އަށް ވުރެ ގިނަ ބައިވެރިންނާއެކު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ހޯޕް ކޮންފަރެންސް ދަރުބާރުގޭގައި ފަށައިފިއެވެ.

މި ފެބްރުއަރީ މަހުގެ 2 އިން 4 އަށް ބާއްވާ މި ކޮންފަރެންސްގައި ދެޕާޓީގެ ދާއިރާ ރައީސުންނާއި ނައިބު ރައީސުންނާއި ސެނެޓް މެމްބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވެއެވެ.

މި ކޮންފަރެންސަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކޮންފަރެންސެއް ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ހޯޕް ކޮންފަރެންސްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައ ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ”ބުންވަރު ހިނގާލުން“ ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި  ”ދުއްޕާން“ ގެ ނަމުގައި ބޮޑު އާޓިފިޝަލް ބީޗްގައި ޖަލްސާއެއް  އޮންނާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް އިދިކޮޅުން މަސައްކަތްތައް ކުރަމުންދާއިރު، އިދިކޮޅުން ބުނަމުންގެންދަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާ ތަކެއް ކުރަމުންނެވެ. އެގޮތުން ރޭގައިވެސް ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން މަޖީދީ މަގު ހިމެނޭ ގޮތަށް މާލެ ތެރޭގައި އިދިކޮޅުން ވަނީ މުޒާހަރާ ކޮށްފައެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމުގެ އަޑުތައް ފެތުރިފައިވާ މިދަނޑިވަޅުގައި ޕީޕީއެމް އާއި ރައީސް ޔާމީންގެ ސަޕޯޓަރުން ބުނަމުންދަނީ އެމަނިކުފާނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: