ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓު ހަސަން ރިޒާއަށް!

ކޮމަންޑޫ ދާއިރާގެ ވޯޓުލުން ފެށިގެން ކުރިއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކ ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް އިދިކޮޅުގެ ކޮންގްރެސް ކޯލިޝަންގެ ޓިކެޓު ހަސަން ރިޒާއަށް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން 2023 އޭޕްރިލް 15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއުލާންކުރެއްވީ 26 ވަނަ ދުވަހުއެވެ.

ޕީޕީއެމްގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ހަމައެކަނި ކުރިމަތިލެއްވީ ހަސަން ރިޒާއެވެ. މިއީ މި ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި އިބްރާހީމް ރިޒާގެ ކޮށްކޮއެވެ. ރިޒާއަކީ ޕީޕިއެމްއަށް ނިސްބަތްވެވަޑައިގަންނާވާ މެންބަރެކެވެ. ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ފެބުރުއަރީ 23 ގައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ފެބުރުއަރީ މަހުގެ 27 ގައެވެ. މި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެންބަރުން، އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދު ފޯމު ހުށައަޅަންޖެހެއެވެ.

މި ފުރުސަތުގައި މިހާތަނަށް ނަން ހުށައަޅާފައިވަނީ ޖުމްލަ 4 މެންބަރެކެވެ. އެއީ ކ. މާފުށީ މުހައްމަދު މުސަތަފާއާއި، ކ. މާފުށީ ސަލްމާނު ރަޝީދު އަދި މާލެ އިބްރާހީމް ޝާހުގެ އިތުރުން އަބްދުﷲ ސައީދުއެވެ.

ގާނޫނު އަސާސީގެ 79 މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: