ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަހީދު، މިނިސްޓަރު ޝާހިދަށް: އީރާން އާއި ގުޅުން ބާއްވަންވީ ސަބަބެއް ނެތް

ޑރ އަހުމަދު ޝަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އީރާން އާއި ހާރިޖީ ގުޅުންތައް ގާއިމް ކުރުމަށް ނިންމުމުން ކުރީގެ ހާރިޖީ ވަޒީރު ޑރ އަހުމަދު ޝަހީދު ފާޑުވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސައުދީ އަރައްބިއްޔާ އަދި އީރާނާއި ޗައިނާ ގުޅިގެން ކުރިއަށް ގެންދިޔަ ޓްރައިލެޓަރަލް ސްޓޭޓްމަންޓަށްފަހު ސައުދީ އަދި އީރާން އިން ހާރިޖީ ގުޅުންތައް އަލުން ބޭއްވުމަށް ނިންމާފައިވުމާއި އެކު ރާއްޖެއިންވެސް އަލުން ގުޅުން ބޭއްވުމަށް ނިންމާފައިވާކަން އުފަލާއިއެކު އިއުލާނުކުރައްވާކަމަށެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީދު ވިދާޅުވީ، އީރާންއަށް އެއްވެސް ރަނގަޅު ކުރިއެރުންތަކެއް އައިސްފައިނުވާކަން އިހުތިރާމާއިއެކު ފާހަގަކުރައްވާކަމަށެވެ.

ޝަހީދު ވިދާޅުވީ، މީހުން މެރުމާއި، ވިހަ ކުރުން އަދި އަނިޔާކުރުން ފަދަ އަމަލުތައް ހިންގަމުންދާއިރު، އދގެ ހިއުމަންރައިޓްސް ކައުންސިލުގެ މެމްބަރަކު އީރާން އާއި ގާތް ވުން އެއީ އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށެވެ.

އިރާނާއި އެކު ސިޔާސީ ގުޅުން ރާއްޖެއިން ކަނޑާލީ 17 މޭއި 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އޭރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރާނުން މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ގެއްލޭ ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެފަހުން ޤަތަރާއި އެކުވެސް ރާއްޖެއިން ގުޅުން ކަނޑާލިއެވެ. އެ ނިންމުން ނިންމީވެސް ސައުދީ އަރަބިއްޔާއިން އެގޮތަށް އަމަލުކުރުމުންނެވެ.

ގަތަރާއިނ އީރާންއާ ސުޔާސީ ގުޅުންތައް އިއާދަކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ރާއްޖެއިން އެ ދެ ޤައުމާވެސް އަލުން ގުޅުންތައް އިއާދަކުރީ ސައުދީ އަރަބިއްޔާއިން އެ ދެ ޤައުމާއި ގުޅުންތައް އިއާދަކުރަން ނިންމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: