ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަށް ތާއީދު ކުރުން ނޫން ގޮތެއް ގާސިމަށް ނެތް، ނޫނީ އަޅާ ފިޔަވަޅު ”ހޫނު“ ވާނެ: ޖާބިރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި ރައީސް އިބްރާޙިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅިގެން ކުރިޔަށް ދިއުމަށް ނިންމައި، ރިޔާސީ އިންތިހާބުގައި ވާދަ ޖުރުމަށް ޖުމްހޫރީ ޕާޓީން ނިންމި ނިންމުން ބަދަލު ނުކުރައްވައިފި ނަމަ އެންމެ އަވަސް ފިޔަވަޅު ދެން ސަރުކާރުން އަޅާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް، ރައީސް ހުށަހަޅުއްވާފައި ވަނިކޮށް ގާސިމް ނިންމެވީ ވަކިން ނިކުމެ ވާދަ ކުރުމަށެވެ. އެހެންވެ، އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުން ގާސިމަށް އަމާޒުވެ، ޕާޓީގެ ސްލޮޓުތަކުން ވަޒީރުންނާއި ނައިބުން ވަކި ކުރުމަށް ގޮވާލި އެވެ.

ސަރުކާރާއި ދެކޮޅު، އަދި ރައީސަށް ތާއީދު ނުކުރާ ބޭފުޅުންގެ ތެރެއިން ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސެއިން އަމްރު ވަކި ކުރުން ފާހަގަ ކުރެވެ އެވެ. އެހެންވެ، ގަބޫލު ކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޓީމާއި ޖޭޕީގެ ބޭފުޅުންތައް ސަރުކާރުން ބޭރު ކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލީ ގާސިމް ރީތި ގޮތުގައި ސަރުކާރުން ބޭރުވުމަށެވެ. ނުވަތަ ރައީސަށް ތާއީދު ކުރުމަށް ގޮވާލި އެވެ. މެމްބަރުންގެ ވާހަކަތަކާއި އެކު ބަހުސް މަރުހަލާގައި އެ މައުޟޫއަށް ޖާބިރު ވިދާޅުވީ ގާސިމަށް އޮތީ އެއްވެސް ޝަރުތަކާއި ނުލައި ރައީސަށް ތާއީދު ކުރުންކަމަށެވެ.

ޖާބިރު ވިދާޅުވީ، ބެލެވޭ ގޮތުގައި ގާސިމަށް އަންނަ ފިޔަވަޅު ވަރަށް ހޫނުވާނެ އެވެ. އޭނާ ވިދާޅުވީ ރައީސްގެ ސްޕެޝަލް އެންވޯއީއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަމުން ދަނީ ރައީސަށް އިތުރު ދައުރެއް ދިނުމަށް ކަމަށެވެ.

މީގެއިތުރުން މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ ގާސިމްގެ ޕާޓީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ. ގާސިމްގެ ނިންމުމަށާއި، ޖޭޕީގެ ވިސްނުން އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ގަބޫލު ނުކުރެވޭތީ ބައެއް ބޭފުޅުން އެ ޕާޓީ ދޫކުރާނެކަމަށް ރާއީ ވިދާޅުވި އެވެ. އަދި އެބޭފުޅުން ދެން މަސައްކަތް ކުރައްވަމުން ގެންދަވާނީ، ސަރުކާރާއި އެކު ރައީސަށް ދެވަނަ ދައުރެއް ހޯދައިދޭންކަމަށް ރާއީގެ ވާހަކައިގައި ވިދާޅުވި އެވެ.

ރާއީ ވިދާޅުވީ، ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުން ގާސިމްގެ ދިފާއުގައި ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާސިމްގެ ނިންމެވުން އަނބުރާ ގެންދަވައި، ސަރުކާރާއި އެކު ކުރިޔަށް ދިއުމަށް ޕާޓީގެ ކައުންސިލަށް އަންގާ ހިސާބުން އެމްޑީޕީން އެކުގައި ދެމި އޮންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤާސިމު ނުކުމެ ކިންޤް ހެދިފަ އެމްޑީޕީ މެމްބަރުން ލަދުގަންނަވާލާފި. އަދިވެސް ޤާސިމު ޕާޓީގެ އެކަކުވެސް ވަކި ނުކުރޭ. މިސަރުކާރު ގެނައުމަށް އެންމެ އިސްސަފުގައި މަސައްކަތް ކުރި އެމްޑީޕީގެ މީހުން އެދަނީ ސަރުކާރުން ވަކި ކުރަމުން. އަދިވެސް އބުރާހިމަށް އިތުބާރުކޮށް އަތް ޖަހަން އެމްޑީޕީ މޮޔަ ކުދިންކޮޅު ތިބޭނީތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: