ގއ ކަނޑުހުޅުދޫން ގެއްލިގެން ހޯދަމުންދިޔަ މީހެއް އެރަށުގެ ފަޅުތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ 24 އަހަރުގެ ފިރިހެނަކު ރޭ ފަތިހު 4.15 ހާއިރު ގެއިން ނިކުމެގެން ދިޔަގޮތަށް ހަބަރެއް ނުވެގެން 4.45 ހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އޭނާ ހޯދުމަށް އާއިލާ އާއި ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ ސައިކަލާއެކު ރަށުގެ ފަޅުތެރެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަޅުތެރެއަށް ވެއްޓިފައި އޮތް މީހާ ނަގައިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ބުނެފައިއެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

