ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ ވީއްލުމަކާއެކު އުއްޗު ރައީސްއަށް ދެއްވީ އިބޫ 2023 ގެ ޓީޝާޓެއް

ރައީސް ސާލިހް އާއި ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ރޯދަވީއްލުމެއް ދެއްވައިފިއެވެ.

ރައީސް ސާލިހާއެކު ބޭއްވި ރޯދަވީއްލުން އޮތީ އުއްޗުގެ ޕްރައިވެޓް އައިލެންޑް ގަމަރު ގިރީގައެވެ.

މި ރޯދަވީއްލުމުގައި އުއްޗު ވަނީ ރައީސް ސާލިހަށް އިބޫ 2023 ޖަހާފައިވާ ޓީޝާޓެއް ދެއްވާފައެވެ.

ރައީސް ސާލިހްގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ މީގެ ކުރިން އުއްޗު އާއި އެކު ކުރެއްދޫ އައިލެންޑް ރިސޯޓްގައި ބައްދަލުވުމެއް ބާއްވާފައެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ރޯދަވީއްލުމަކީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ މަޝްވަރާ ކުރުމަށް ކުރިއަށް ދިޔަ ކަމެކެވެ.

ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވި ފަހުން އެމަނިކުފާނު ގެންދަވަނީ ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިންނާއި އެކި ފަންނުގެ ބޭފުޅުންނާއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަޝްވަރާ ކުރައްވަމުންނެވެ.

މިވަގުތު ރައީސް ސާލިހާއެކު ކޯލިޝަން ހެދުމަށް ތައްޔާރުގައި ތިބީ އަދާލަތު ޕާޓީ އާއި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އެވެ.

ރައީސް ސާލިހް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު މިވަގުތު ސަރުކާރާއި އެކު ކޯލިޝަންގައި ތިބި ހުރިހާ ސިޔާސީ ޕާޓީތަކަށް މީގެ ކުރިން ފޮނުވާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ދައުވަތު ފޮނުއްވި ނަމަވެސް އެދެޕާޓީން މިހާތަނަށް އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވައި އެކަމުގެ ބައްދަލުވުންތައް ރައީސް ސާލިހް ކުރިއަށްގެންދަވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ކޯލިޝަން ހެދުމުގެ ބަދަލުގައި އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އަދި އެމްއާރުއެމް އިން އަދިވެސް ސިޔާސީ މަޝްވަރާތައް ކުރިއަށްގެންދާއިރު އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން މީގެ ކުރިން ވިދާޅުވެފައިވަނީ ގޮތެއް ނިންމުން އަދި އަވަސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: