ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު މީހަކާއި އަޅާ ކިޔޭވަރެއް ނޫން، ކުރި ލިބޭނީ އިބޫއަށް: އަލީ ނަޒީރު

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު/ ފޮޓޯ: އަދާލަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކޮންމެ ކެނޑިޑޭޓަކާއި އަޅާ ކިޔާ އިރުވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރިލިބިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

އަދަލަތު ޕާޓީގެ ސްލޮޓެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ނަޒީރު ވެސް ގެންދަވަނީ ފަހަކަށް އައިސް ރައީސްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އަދި ހާއްކޮށް ރައީސާއި އެކު އަދާލަތުން ކޯލިޝަން ހަދާފައި ވަނީ ގައުމުގެ ކުރިމަގު އިސްކޮށްކަމަށް ނަޒީރު ވިދާޅުވެފައި ވެއެވެ.

2023 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހަކީ ޗޮއިސްއެއް ނޫންކަމަށް ބުނެ ރައީސް ނަޝީދު އެކި މަސައްކަތް ކުރައްވާތީ އެކަމަށް ވެސް އަދާލަތުން ފާޑުކިޔާފައި ވެއެވެ. އަދި ރިޔާސީ އިންތިހާބުގައި ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވާއިރު އެމްއާރުއެމްގެ ނިންމުން އަދި ހާމައެއް ނުކުރެ އެވެ.

އިމްރާނާއި އެކު ރައީސް ސޯލިހު ނަންގަވާފައިވާ ފޮޓޯއެއް ޓުވީޓު ކުރައްވައި އަލީ ނަޒީރު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ދާއިރާއަކަށްވެސް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބެލުމުން ރައީސް މޮޅުތަކެއް ލިބިގެންދަނީ ރައީސް ސާލިހަށް ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހާއި ވާދަކުރާނެ ކެނޑިޑޭޓުނާއި އަޅާ ކިޔާއިރުވެސް ކުރިލ ލިބިވަޑައިގަންނަވަނީ އެމަނިކުފާނަށް ކަމަށެވެ.

ރައީސް ސާލިހަކީ އެހެނިހެން ކެނޑިޑޭޓުންނަށްވުރެ ވެރިކަން ކުރުމަށް މާ ގާބިލު ބޭފުޅެއްކަމަށް ސިފަކުރައްވާ ނަޒީރު ވިދާޅުވީ، އެއީ ދިވެހި ރައްޔިތުން ބަލައިގަނެފައިވާ ހަގީގަތެއްކަމަަށެވެ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޒީރުގެ ރައީސް ސޯލިހަށް ތައުރީފު ކުރެއްވި އިރު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދުކުރުމާއިމެދު އެ ޕާޓީގެ ބައެއް ފަރާތްތައް މިހާރުގެ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުންނާއި ހިޔާލު ތަފާތުވާކަން ސޯޝަލްމ މީޑިއާގައި ހިއްސާ ކުރައްވާ ކަންބޮޑުވުންތަކުގެ ސަބަބުން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި އެ ޕާޓީގެ ނިންމުން ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވިގޮތުން އަދާލަތުން ކޮންމެ ނިންމުމެއްވެސް ނިންމާނީ ގިނަ ވިސްނުންތަކެއް ވިސްނައި ރަނގަޅަށް ހިސާބުޖެހުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: