ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމްގެ ކުންފުނިން ހިލްޓަންއަށް 25 މިލިއަން ޑޮލަރު ދެއްކުން ފަސް ކުރުމުގެ އަމުރެއް

މުލިއާގޭ ބޭރުގައި ހުންނަވައި ސިޔާމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަން ޓެރެވަލްސް ކުންފުނިން ހިލްޓަންއަށް 25 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކުރި ހުކުމަށް ތާއީދުކޮށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން އެ ކުންފުނީގެ މައްޗަށް ނެރުނު އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ހައިކޯޓުން ނެރެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު 2023 ގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހައްދަވާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓެރެވެލްސްއާއި ދެކޮޅަށް ނިމުނު މައްސަލައެއްގައި ފައިސާ ދެއްކުމަށް އަމުރު ނެރެފައި ވަނީ ރާއްޖޭގެ ކޯޓުތަކުގައި އެ މައްސަލަ ހިނގަމުން ދާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އެވެ.

14 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަންގައި ފެބްރުއަރީ މަހު ސިވިލް ކޯޓުން ކުރި އަމުރު ސަން ޓްރެވެލްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލައިގައި އެދިފައި ވަނީ ވަކި ގޮތެއް ކޯޓުން ކަނޑައަޅަން ދެން ދަށު ކޯޓު އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށެވެ.

މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެ މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ސިވިލް ކޯޓުން ސަން ޓެރެވެލްސްގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށް އަންގައި އަމުރު ކުރާކަމަށެވެ.

ކޯޓުން ވަގުތީ އަމުރު ނެރެ ބުނެފައި ވަނީ، ސިވިލް ކޯޓުގެ ނިންމުން ތަންފީޒު ކުރުން މިވަގުތަށް ފަސް ނުކޮށްފި ނަމަ، އެ ކުންފުނީގެ މަސްލަހަތަށް އުނިކަން އަތުވެދާނެކަމަށް ބެލެވޭ ކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.

ކޯޓުގައި ކުރިޔަށް ދާ މި މައްސަލައަކީ ނ. އިރުފުށި ހިންގުން ހިލްޓަންއަށް ދިނުމަށް ސަން ކުންފުނިން ހެދި އެގްރިމަންޓު 2013 ގައި ބާތިލު ކުރުމުގެ ސަބަބުން ހިލްޓަންއިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ އެކެވެ. އަދި އެ މައްސަލަ ބެލުމަށް ފަހު އޭރު ސަންގެ މައްޗަށް އެންގީ 24 މިލިއަން ޑޮލަރު ދިނުމަށެވެ. އެއީ ދިވެހި ފައިސާއިން 370 މިލިއަން ރުފިޔާ އެވެ.

އެއަށް ފަހު ދެން އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެދުނީ އެ އެންގުން ތަންފީޒުކޮށްދިނުމަށެވެ. މައްސަލަ ބަލައިގަނެ ސިވިލް ކޯޓުން ކުރި އަމުރުގައި ވަނީ އެ ފައިސާ ދައްކައި ހަލާސް ކުރުމަށާއި އަދި ފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖުރިމަނާއެއް ދެއްކުމަށް ވެސް ސިވިލް ކޯޓުން އަމުރު ކުރި އެވެ.

މި މައްސަލައިގައި ސަން ކުންފުނިން ބުނެފައި ވަނީ ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނަކުން ނިންމި ނިންމުމެއް ރާއްޖޭގެ ކޯޓެއްގައި ކުރިޔަށް ގެންގޮސް އެ ތަންފީޒު ނުކުރެވޭނެ ކަމަށެވެ. އަދި ކުންފުނިން ކޯޓުގައި ބުނީ ހިލްޓަންއާއި އެކު ވީ އެއްބަސްވުނަކީ ރާއްޖޭގެ އާއްމު ސިޔާސަތާއި ހިލާފަށް ގާއިމު ކުރި އެއްބަސްވުމެއްކަމަށް ބުނެ އެ އެއްބަސްވުމުގެ ދަށުން ހިލްޓަންއަށް ފައިސާ ދައްކަން ނުޖެހޭނެކަމަށެވެ. އެކަމަކު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެމައްސަލައިގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމައި ދެފަރާތުގެ ދެމެދު ވެފައިވާ އެގްރިމަންޓްަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެ އަދި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުޟޫއާ ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެ ކަމަށް ނިންމާފައިވާއިރު، މައްސަލައިގެ މައުޟޫއަށް އަލުން ވަދެ މައްސަލަ ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށެވެ.

ނ. މެދުފުށީގައި ސަން ޓްރެވަލްސް އިން ހަދާފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ހިންގުމަށް ހިލްޓަން އާ ހަވާލްކުރީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ގައެވެ. ނަމަވެސް އެ އެއްބަސްވުމާއި ހިލާފުވާ ކަމަށް ބުނެ ސަން ޓްރެވަލްސް އިން އެ އެއްބަސްވުން 2013 ވަނަ އަހަރު ވަނީ ބާތިލްކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން، އެމައްސަލައިގައި 2015 ވަނަ އަހަރު އާބިޓްރޭޝަން ކޯޓުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަންޓްރެވަލްސް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.

އެ އަމުރު ތަންފީޒްކުރުމަށް ހިލްޓަން އިން ސިވިލްކޯޓަށް ހުށަހެޅުމުން އެކޯޓުން ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ސަންޓްރެވަލްސްގެ އެކައުންޓް ތައް ފްރީޒްވެސް ކޮށްފައެވެ. އަދި ސަން ޓްރެވަލްސްގެ މަސްއޫލުވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރުވެސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: