ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރުގުގެ މައްސަލަ ހައްލު ނުކުރެވުނު؛ އިންތިހާބުތަކާއި ހަމައިން އެ ބެހުން ނޫންކަމެއް ނެތް

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކޮށް، ފަރުވާގެ ނިޒާމެއް ގާއިމު ކުރުމުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތްކަމަށާއި ކޮންމެ ބައި އިލެކްޝަނަކާއި ހަމައިން ފެންނަނީ މަސްތުވާތަކެތި ބަހަމުން ދާ މަންޒަރުކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ އިހުލާސްތެރިކަން ހުރި ނަމަ މިއަދު މި މައްސަލައަށް ވާހަކަ ދައްކަން ނުޖެހުނީސް ކަމަށެވެ. މިއީ ތަޅުމަށް ވަކި ބަޔަކު ހުށަހެޅި ގަރާރަކަށް ވީތީ އެކަމާއި ދެކޮޅުވުން ގޯސްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ހާއްސަކޮށް މަޖިލީހުގެ ތަޅުމުން ފެންނަނީ އެފަދަ ގަރާރުތަކާއި އެކު ސަރުކާރު މެމްބަރުން ޑިފެންސަށް ނިކުމެ ވާހަކަ ދައްކަވާ މަންޒަރުކަމަށް މެމްބަރު ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް މަސްތުވާތަކެތީގެ މައްސަލަތަކުގެ ވާހަކަ ހުއްޓުމެއް ނެތި ދައްކަމުން އައުމަށް ފަހު، މިއަދު ފެންނަނީ އެ ކަންބޮޑުވުންތަކާއި ހަމައިން ވަކި ބަޔަކު ނިކުމެ މުޅި މުވައްސަސާތަކާއި އިދާރާ އަދި ސަރުކާރު ދިފާއު ކުރާ މަންޒަރުކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ބޭނުން ނުވާކަމަށް ތަކުރާރު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ކިރިޔާ އިންތިހާބެއް ކައިރިވާއިރަށް ރާއްޖޭގައި އެ ހާލަތު ގޯސްވާ ކަމަށެވެ. އަދި ބައި އިލެކްޝަންތަކާއި، އެހެން އެކި އިންތިހާބުތަކާއި އެކު މަސްތުވާތަކެތި ބަހައި އެކަމުގެ ތެރެއަށް އިތުރަށް ވައްދާކަމުގެ ތުހުމަތު ކުރެއްވި އެވެ.

”އަޅުގަނޑުމެންނަށް ފެންނަނީ މި ހުރިހާ ވާހަކައެއް ދެއްކިޔަސް އިންތިހާބުތަކާއި ކައިރިވީމައި، ބައި އިލެކްޝަނެއް ކައިރި ވިޔަސް.. ވޯޓު ހޯދުމަށްޓަކައި ވެސް މަސްތުވާތަކެތި ބަހަނީ..“

އާދަމް ޝަރީފް ވިދާޅުވީ ފަހަކަށް އައިސް ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެތި އެއާޕޯޓުން ހިފަހައްޓައި އެ ގެނައި ބިދޭސީ މިހާ ފުރުވާލާ ހިސާބުން އެއާޕޯޓުން އެ އަޅާފައި ހުންނަ ފޮށި ގެއްލޭ ކަމަށެވެ. މަސްތުވާތަކެތި ގެއްލި އެކަން މީޑިއާތަކުން ރިޕޯޓު ކުރުމާއި އެކު ކަމާއި ގުޅުން ހުރި އިދާރާތައް ބެލީ މައްސަލައިން ރިކިގަނެވޭތޯކަމަށާއި ކަސްޓަމްސް އާއި ފުލުހުން އަދި އެމްއޭސީއެލް ވެސް އެކަމަށް ޒިންމާއެއް ނުވިކަމަށް އާދަމް ޝަރީފް ވިދަޅުވި އެވެ.

”މިކަހަލަ ކަންކަން ހިނގާފައި ހުންނައިރު ދެން ސަރުކާރުގެ ދިފާއުގައި، ވާހަކަ ދެއްކުމަކީ އެއީ ކަންބޮޑުވާން ޖެހޭކަމެއް.. މިހުރީ ހިނގާފައި ހުރި ކަންކަން.. ދައުލަތުގެ މުވައްސަސާތަކުގެ ތެރެއިން ގެއްލެމުން ދާ މަސްތުވާތަކެތީގެ ވާހަކަ މި ދައްކަނީ.. ސަރުކާރުގެ އަތެއް ނުވާކަމަށް ވެއްޖެއްޔާ، އެ މުވައްސަސާތަކުގެ ތެރޭގައި އެ އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅޭ ވެއްޖެކަމަށް ވާނަމަ މުވައްސަސާތަކުން ވާނެ.. މިއީ ނިޒާމެއްގެ ތެރެއިން ސަރުކާރުން ރޭވިގެން ހިނގާ ކަންކަން..“

އާދަމް ޝަރީފް ވިދާޅުވީ މިއަދު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތުން ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު ވަނީ ގިނަވެފަ އެވެ. އެކަމަކު މަސްތުވާތަކެތި އަތުލައިގަނެ ހައްޔަރު ކުރާ މީހުން ދޫވާ މައްސަލަ ވަނީ ގޯސްވެފަ އެވެ. އިދާރީ ގޯސްތަކާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކުށުގެ ތުހުމަތު ކުރާ މީހާ ހައްޔަރު ކުރުމުގެ ސަބަބުން ކޯޓުން އެ މިހާ ދޫވާއިރު އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރާ ބައެއްގެ ތެރޭގައި އެ މީހަކު ހިމެނެ އެވެ.

މީގެ އިތުރުން މިހާރު ބޮޑުވެފައިވާ އެއް މައްލައަކީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދީ ވިޔަފާރި ކުރާ މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: