ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށި މިއަދު ރަނަށްވެއްޖެ: ނަރީޝް

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ރޯދަމަހުގެ ތެރޭގައި ކާށީގެ އަގުތައް އިންތިހާ ދަރަޖައަށް އުފުލި ރަނަށްވެފައިވާކަމަށް ފާހަގަކުރައްވާ މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގައި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެ ކައުންސިލުގެ ބެލުމުގެ ދަށުން ކާށި ދޫކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ކައުންސިލު މެދުވެރިކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރައްވާ ފަރާތަށް އޭނާ ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ މި ރަމަޟާން މަސް ފެށުމާއިއެކު ރާއްޖޭގައި ކާާށި ވަނީ ރަނަށް ވެފައިކަމަށެވެ.

އޭނާ ވިދާޅުވީ ތަކެތީގެ އަގުވަނީ އިންތިހާ ދަރަޖައަށް އަރައިގެން ގޮސްފައިވަކަމަށެވެ. އަދި ރައްޔިތުން އޭގެ ބޭނުން އެންމެ ބޮޑަށް ކުރަންޖެހޭ އެއްޗަކަށްވުމުންނާއި އޭގެ އަގު އިންތިހާއަށް އަރައިގެން ގޮސްފައިވާ ދަނޑިވަޅެއްގައި ކައުންސިލު މެދުވެރިކޮށް ހެޔޮއެދޭ ފަރާތަކުން އެހީތަކެއް ފޯރުކޮށްދެއްވުމަށް ނިންމާފައިވުން ކައުންސިލުން ބަލައިގަންނަކަމަށެވެ.

ނަރީޝް ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ބެލުމުން 15،000 ކާއްޓަކީ ގިނަ އަދަދެއް ނޫންކަމަށެވެ. އެހެންނަމަވެސް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކާއި ހަމައަށް އެ ތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން އެއީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ތަކެތި ފޯރުކޮށްދިނުމުގެ ގޮތުން އާންމުކޮށް އިއުލާނުކުރުމަށްފަހު ފުރަތަމަ ފަސްދުވަހު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެތަކެެތި ދިނުމުގެ މަސައްކަތްތައް ކުރުމަށްފަހު ދެން އިތުރު ފަރާތްތަކަށް ހުޅުވާލައިގެން އެތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ގޮތަކަށް އިންތިޒާމުކުރުމަށް ހުށައަޅާކަމަށެވެ. ނަރީޝްގެ ހުށައެޅުން ފާސްކުރެއްވުމަށް ބައްދަލުވުމުަގައި ހާޒިރުވެ ތިއްބެވި އެންމެހާ މެމްބަރުންވަނީ ވޯޓުދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: