ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ރައީސް ޔާމީން އުފެއްދި އަލަތު ކައިވެނީގެ ފުލެޓުތައް ވަގަށް ނަގައި ދިރުވާލައިފި: ނަރީޝް

މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދި އަލަތު ކައިވެނީގެ ފުލެޓުތައް ވަގަށް ނަގައިފިކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ތުހުމަތުކުރައްވައިފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ރައީސް ޔާމީން ކުރިމަތިލެއްވީ ދިވެހިރާއްޖޭގައި ހުރި މައްސައްލަތަކަށް ހައްލު ހޯދައިދެއްވުމަށްކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ރައީސް ޔާމީންއަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށްވީ ޒުވާނުންގެ ތެރޭގައި އޮތް މައްސަލަތައް ހައްލުކޮށްދީ، ޒުވާނުން ބިނާކުރުމަށްޓަކައިކަމަށް ނަރީޝް ވިދާޅުވިއެވެ. ރައީސް ޔާމީން އެކުލަވާލި މެނިފެސްޓޯގައިވެސް ޒުވާނުންނަށް އެތައް ކަންތައްތަކެއް ކޮށްދިނުން ހިމެނޭކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، އަބުރުވެރި ޒުވާނުން އުފެއްދެމަކީ ރައީސް ޔާމީންގެ އަމާޒުކަމަށެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ޒުވާނުން ކަންކަން މަތީ ބިއްޖެހިފައިތިބިކަމަށާއި، ގިނަ ޒުވާނުން ތިބީ ވަޒީފާގެ މާހައުލުން ބާކީވެފައިކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ބޯހިޔާވަހިކަމުގެ މައްސަލައާއިވެސް އޭރު ކުރިމަތިލާންޖެހުނުކަމަށާއި، އަދި އެކަމުގެ ސަބަބުން ކާވެންޏަކާއި ހަމައަށް ނުދެވިފައި އެތައް ޒުވާނުންނެއް ތިބިކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމެއް ހިފޭ އަގެއްގައި ނުލިބިގެން  އާއިލާތަކުގެ ތެރޭގައި އެތައް މައްސަލަތަކެއް މި ގައުމުގައި ދިޔައީ ކުރިމަތިވަމުން. ރައީސް ޔާމީންއަށް ގަބޫލުފުޅުކުރެވުނީ ވަޒީފާގައި އެންމެ ޒުވާނަކު ހުއްޓަސް އޭނާ އިންނަން އުޅޭ އަންހެން ކުއްޖާ ނޫނީ ފިރިހެން ކުއްޖާ ވަޒީފާގައި ނެތަސް އޭނާއަށް އުޅެވޭނެވަރުގެ ފްލެޓެއް އޭނާއަށް ދިނީމައި އޭނާއަށް ހިތްހަމަ ޖެހިލައިގެން މީހެއް ކައިރީ ސަލާން ނުޖަހާ އުޅެވިދާނޭ.

ރައީސް ޔާމީން އަލަތު ކައިވެނީގެ ފްލެޓު އުފެއްދެވީ މި މައްސަލަ ހައްލުކުރުމަށްކަމަށާއި، އަދި މި ވައުދުގެ ދަށުން އަލަތު ކައިވެނީގެ ފުލެޓު ދިނުމަށް ހުޅުވާލާ، 1000 އަކަށްވުރެ ގިނަ ކުދިންނަށް އަލަތު ކައިވެނީގެ ފުލެޓު ލިބުނުކަމަށް ގެޒެޓުކުރެވިގެންދިޔަކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. އަލަތު ކައިވެނީގެ ފުލެޓަށް 3،500 ރުފިޔާދައްކާގޮތަށް ރައީސް ޔާމީން ހަމަޖެއްސީ، ޒުވާނުންނަށް ސަލާންޖަހަންދާ ނުޖެހި، އަދި ބޭންކުތަކުން ލޯނު ނުނަގާ ކައިވެނިކޮށްގެން އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައިކަމަށް ނަރީޝް ވިދާޅުވިއެވެ.

މަގޭ ދަރީގެ ނެޕީ ޕެކެޓު ގަންނަން 500 ރުފިޔާ ދޭށޭ ބުނީމަ މިއީ ޒުވާނުން ލަދުގަންނަ ހިސާބަށް މިދަނީ، ކީއްތޯ މި ސަރުކާރުން އައިއްސަ ކުރީ؟ އެ 1000 އަށްވުރެ ގިނަ ކުދިން އަލަތު ކައިވެނީގެ ފުލެޓު ލިބުން 100 އަށްވުރެ ގިނަ ކުދިންގެ ފުލެޓުތައް ވަގަށް ނަގާ ދިރުވާލީ.

ނަރީޝް ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުން ވަނީ އަލަތު ކައިވެނީގެ ފްލެޓު ލިބުން އެތައް ކުދިންނެއްގެ ފުލެޓުތަށް ވަގަށް ނަގާފައެވެ. އަދިވެސް ބައެއް ޒުވާނުން އެ ފުލެޓުތަކުގެ އިންތިޒާރުގައި އެބަތިބިކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންވިއިރު ވަޒީފާ އަދާކުރުމަށް ދާން ބޭނުންވެފައި، ގްރޭޑު 10 އެއްގެ ފެންވަރު ނެތުމުން ޝަރުތު ހަމަނުވާ ޒުވާނުންތިބިކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ އެ ޒުވާނުންނަށްޓަކައި ރައީސް ޔާމީން ވަނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓު) އުފައްދާފައިކަމަށެވެ. އަދި އެފަދަ ކުދިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނީ ރައީސް ޔާމީންކަމަށާއި، 90،000 އަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ލިބިގެންދިޔައީވެސް ރައީސް ޔާމީންގެ ޒައާމަތުގައިކަމަށް ނަރީޝް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: