ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފުގެ ސަބަބުން ކުށްކުރާ މީހުންނަށް ހިތްވަރު ލިބޭކަމަށް ނަރީޝް ވިދާޅުވެއްޖެ!

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަދި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ސަބަބުން ކުށްކުރާ މީހުންނަށް ހިތްވަރު ލިބޭކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މަހުލޫފް ވިދާޅުވެފައިވާގޮތުގައި އިދިކޮޅު ފަރާތްތަކުން ގައުމު ވިއްކަން އުޅޭކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދަނީ، މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާ ގުޅޭ ގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތުމުންނެވެ.

މަގޫދޫ ބައި އިލެކްޝަންގެ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަމުން މަހުލޫފް ވިދާޅުވީ ޗާގޮސްގެ މައްސަލަ ނިމިފައިވާތާ އެތަކެއް ޒަމާނެއް ވެފައިވާ ކަމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއްކަަމަށެވެ.

ނަމަވެސް މި މައްސަލައާއި ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ގޮތުގައިވެސް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލަ އަކީ ޙައްލެއް ނުހޯދި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެކެވެ.

މަހުލޫފަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައި ނަރީޝް ވިދާޅުވީ ބޮޑަތި ކުށްތަކަށް ތުހުމަތުކުރެވޭ އަދި ކުށްތަކުގައި ދައުވާ ކޮށްފައި ތިބޭ މީހުން ދައުލަތުގެ ބޮޑެތި މަގާމުތަކަށްލައި، އެމީހުން ޕޯޑިއަމްތަކަށް އަރުވައިގެން ދައުލަތް ހިމާޔަތް ކުރުމުގެ ނަތީޖާ އަކީ ރާއްޖޭގައި ކުށްކުރާ މީހުންނަށް ހިތްވަރު ލިބުންކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑެތިވެގެންވާ ކުށްތަކަށް އަރައިގަތުމަކީ މިފަދަ ކަންކަމުގެ ނަތީޖާކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ނަރީޝް މިހެން ވިދާޅުވެފައިވާއިރު، މަހުލޫފްގެ މައްޗަށް ވަނީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ދައުވާވެސް ކޮށްފައެވެ. އަދި ވަޒީރުކަމުންވެސް ސަސްޕެންޑްކުރިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލައި ތަހުގީގުކޮށް، ޕްރޮސެކިއުޓާރ ޖެނެރަލްއަށް ހުށަހެޅުމުން އެ އޮފީހުގައި މައްސަލަ އޮންނަތާ ހަ މަސް ފަހުން ކޯޓަށް މައްސަލަ ހުށަހައަޅައިފައިވާއިރު، އަދިވެސް މަހުލޫފް ހުންނެވީ ވަޒީރުކަމުގައެވެ.

މި މައްސަލައިގައި މަހުލޫފް ތަކުރާރުކޮށް ބުނަމުން ދަނީ މިއީ ޒާތީ ތައައްސުބެއްގެ ތެރެއިން ކުރިޔަށް ގެންދާ މައްސަލައެއް ކަމަށެވެ. އަދި އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމްގެ މައްޗަށް ތުހުމަތެއްތަކެއް ކުރައްވައި ވިދާޅުވީ ކޯޓުގައި ދައުލަތް ފަޟީހަތްކޮށް ބޭޒާރުކޮށްލާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: