ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު މުއިއްޒަކީ ލޭ އޮހޮރުވުމަށް ފުރުސަތު ދެއްވާނެ ބޭފުޅެއް ނޫން: ނަރީޝް

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަކީ ލޭ އޮހޮރުވުމަށް ޖާގަދެއްވާނެ ބޭފުޅެއް ނޫންކަމަށް އެ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ މުއައްޒިފަކު ސޯޝަލް މީޑިއާގައި ލޭ އޮހޮރުވުމަށް ގޮވާލިކަމުގެ މައްސަލައެއް ފެންމަތިވުމާއި އެކު، މޭޔަރު މުއިއްޒުއަށް އެފަދަ ކަންކަމަށް ޖާގަ ދެއްވާކަމަށް ބުނެ އާންމުން ފާޑުކިޔަމުންދިއުމާއިއެކު، އެނާ ދިފާއު ކުރައްވާ ނަރީޝް ވިދާޅުވީ، މޭޔަރު މުއިއްޒުވަނީ އެ މައްސަލަ އެނާގެ ސަމާލުކަމަށް އައުމާއިކު ފިޔަވަޅު އަޅުއްވާފައިކަމަށެވެ.

ނަރީޝް ވިދާޅުވީ، އިދިކޮޅު ޕީޕީއެމްއަކީ އެއްވެސް އިރެއްގައި ލޭ އޮހޮރުވުން ފަދަކަންކަމަށް ޖާގަދޭނެ ޕާޓީއެއް ނޫންކަމަށެވެ. އަދި މޭޔަރު މުއިއްޒުއަކީވެސް އެފަދަ ކަންކަމަށް ދެއްވާނެ ބޭފުޅެއް ނޫންކަމުގެ ޔަގީންކަން ދެއްވާކަމަށް އެނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ ޕްލެޓުފޯމެއް މެދުވެރިކޮށް މާލެ ސިޓީ ކައުންސިލުގެ މުއައްޒިފެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ފާޑުކިޔައި، އެމަނިކުފާނުގެ ވެރިކަން ލޭ އޮހޮރުމަކުން ނަމަވެސް ބަދަލުކުރަންވެއްޖެ ކަމަށް ބުނެފައެވެ. މި ޓްވީޓާއިއެކު ފުލުހުންގެ މުއައްސަސާއިންވަނީ އެ މައްސަލަ ބަލަމުންދާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: