ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެ

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ވޭތުވެދިޔަ 4 އަހަރުގެ ރޯދަމަހުގެ ފިތުރު ޒަކާތުގެ ތަފްސީލުތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު ވަނީ ވޭތުވެދިޔަ ދެއަހަރުގެ ފުރަތަމަ 10 ދުވަހާއި އަޅާބަލާއިރު އިތުުރުވެފައެވެ.

 

ފާއިތުވެދިޔަ 4 އަހަރުގެ ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތް ބަލައިގަތް ގޮތުގެ ތަފްސީލު

1441  ވަނަ އަހަރު  (1999)  1،533،844 ރުފިޔާ

1442  ވަނަ އަހަރު (2021)   977،301 ރުފިޔާ

1443  ވަނަ އަހަރު (2022)   1،092،547 ރުފިޔާ

1444  ވަނަ އަހަރު (2023)   1،310،160 ރުފިޔާ

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށެވެ. އަދި މާލެ ނޫން އެހެން ރަށްތަކާއި ސިޓީތަކުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލް އިދާރާއިން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިތުތު ޒަކާތް ފައިސާ އިން ދައްކާ ނަމަ ދައްކަން ޖެހޭ އަދަދު:

އާދައިގެ ހަނޑޫ: 12 ރުފިޔާ

ތައިލެންޑް ހުދު ހަނޑޫ: 84 ރުފިޔާ

ރަތް ހަނޑޫ: 99 ރުފިޔާ

ބާސްމަތީ ހަނޑޫ (އާދައިގެ): 84 ރުފިޔާ

ބާސްމަތީ ހަނޑޫ (މޮޅު): 100 ރުފިޔާ

ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 125 ރުފިޔާ

އާދައިގެ ފުށް: 12 ރުފިޔާ

އާޓާ ފުއް: 75 ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި އާއްމު ގޮތެއްގައި ދައްކާނީ އެބަޔަކު ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: