ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބިއްޖެ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަަނަށް ވުރެ ގިނަ  ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ މިހާރު ވަނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އެކައުންޓް ތަކަށް ޖަމާކޮށްފައިކަމަށެވެ.

މިއަހަރުގެ ރަމަޟާން މަހުގައި 175،485 މީހަކު ވަނީ ފިތުރު ޒަކާތް ދައްކާފައެވެ.

ފިތުރު ޒަކާތް ދެއްކި މީހުންނާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފަގީރުންގެ ލިސްޓްގައި ހިމެނިފައިވަނީ 8،446 މީހުންނެވެ. އެމީހުންގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ވަނީ 1736 މީހަކަށް ބޮލަކަށް 3450 ރުފިޔާ ގެ ރޭޓުން ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ފައިސާ  އެކައުންޓްތަކަށް ޖަމާކޮށްދީފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ވެސް ފިތުރު ޒަކާތް ބަލައިގަނެފައެވެ. އެގޮތުން ރަމަޟާން މަހުގެ 29 ވަނަ ދުވަހަށް ގޮވާމުގެ ގޮތުގައި 12.989.30 ކިލޯ ލިބިފައިވާ ކަމަށެވެ.

ގޮވާމުގެ ބާވަތުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާން ބެހުމަށް ނިންމާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: