ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާގެ ޒަކާތް ދެއްކުމަށް ބަދަލުތަކެއް!

2018 ވަނަ އަހަރު ފިތުރު ޒަކާތް ދެއްކުމުގެތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރޯދަމަހުގައި ފައިސާގެ ޒަކާތް ދެއްކެވުމަށް ބަދަލުތަކެއް އައިސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރޯދަމާހާއި ގުޅިންގެން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިތުރު ޒަކާތާއި ބެހޭ ވާހަދަ ދައްވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ މުހައްމަދު އަނީލް ވިދާޅުވީ ފައިސާއިން ޒަކާތް ދައްކަވާ ފަރާތްތަކަށް އެސްއެމްއެސް އިންނާއި ދިރާގާއި އުރީދޫ އަދި އެމްއައީބީގެ އިތުރުން ފަހިޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްވަނީ ހަމަޖައްސާފައިކަމަށެވެ.

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 9041 ފަގީރުން އެބަތިބި ކަމުގައި ފާހަގަ ކުރައްވާ އަނީލް ވިދާޅުވީ މިއަހަރު އެއްވެސް މިންވަރަކަށް ފަގީރަކު ނެތް ރަށެއްގެ ގޮތުގައި އޮތީ 42 ރަށެއް ކަމުގައި އާއި  މިދިޔަ އަހަރު އޮތީ 45 ރަށް ކަމުގައެވެ.

އަނީލް ވިދާޅުވީ ފިތުރު ޒަކާތް ނެގުމާއި ބެހުމަކީ ވަރަށް ބޮޑު ސަމާލުކަމެއްދެއްވައިގެން އެބޭފުޅުން ކުރައްވާ މަސައްކަތެއް ކަމުގައިވާއިރު ފަގީރުންނަށް ދޭން ޖެހޭ ފިތުރު ޒަކާތް، މުދަލާއި ފައިސާގެ އިތުރުން ކާބޯތަކެތިންވެސް ބަލައިގަންނާނެކަމުގައެވެ. އަދި ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ އިސްލާމިކް މިނިސްޓްރީގެ ހޯލުންކަމުގައި ސްޓޭޓް މިނިސްޓާ އަނީލް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ދިރިއުޅޭ މީހުންގެ އަތުންވެސް ޒަކާތުގެ ގޮތުގައި ނަގަން ކަނޑައެޅިގައިވާނީ އެއް މިންވަރެއް ކަމުގައި މިނިސްޓްރީން ބުންޏެވެ.

  • އާދައިގެން ހަނޑުލުން 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑުލުން 77 ރުފިޔާ
  • ތައިލެންޑް ރަތް ހަނޑުލުން 72 ރުފިޔާ
  • އާދައިގެ ބާސް މަތީ ހަނޑުލުން 77 ރުފިޔާ
  • ބާސްމަތީ މޮޅު ހަނޑުލުން 90 ރުފިޔާ
  • ބާސްމަތީ އެންމެ މޮޅު ހަނޑުލުން 122 ރުފިޔާ
  • އާދައިގެ ފުށް 12 ރުފިޔާ
  • އާޓާ ފުށް 75 ރުފިޔާ

ކުރިއާއި ހިލާފަށް މިއަހަރު ޒަކާތުގެ ލާރި ދައްކަވާއިރު ކޮން ރަށެއްތޯ ބަލައި އެ ރަށެއްގެ މީހަކު އަދާ ކުރާ ޒަކާތުގެ މިންވަރު އެ ރަށަކަށް ފޯރުކޮށްދެއްވާނެކަމުގައި އަނީލް ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: