ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިއްޖެ

ޒަކާތް ދޫކުރުމުގެ ކަންކަން ކުރިއަށްދަނީ. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,583,326.44 (ފަސް މިލިއަން ފަސްލައްކަ އަށްޑިހަ ތިންހާސް ތިންސަތޭކަ ސައްބީސް ރުފިޔާ ސާޅީސް ހަތަރު ލާރި) ލިބިފައިވަ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މުއްދަތުގެ ތެރޭގައި ފިތުރު ޒަކާތް ދައްކާފައިވަނީ 107,132 ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ފަރާތްތަކުން ދައްކާފައިވާ ފިތުރު ޒަކާތުގެ ޖުމްލަ އަދަދަކީ  5,657,851 ރުފިޔާއެވެ.

ޒަކާތް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ވަނީ މިނިސްޓްރީގެ ފަރާތުން ހަމަޖައްސާފައެވެ. އެގޮތުން މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ޒަކާތްދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ..

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ މިއަދު 18:00 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: