ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމަށް ހުރަސްއަޅާނަމަ މަގާމުތަކުގައި ނުތިބެވޭނެ: ސަރުކާރު

ރައީސް ސާލިހް އާއި ގާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ މަގާމްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މެމްބަރުން، ދައުލަތް ހިންގުމަށް ހުރަސްއަޅާނަމަ މަގާމްތަކުގައި ނުތިބެވޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ މެމްބަރުން ތިބުމާއި ބެހޭ ގޮތުން ވަނީ ސުވާލުކޮށްފައެވެ.

މިއުވާން  ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާއި ބެހޭގޮތުން އެޕާޓީގެ ފަރާތުން ސަރުކާރުގައި ތިބި ފަރާތްތަކާ އެކު މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް މީގެ ކުރިންވެސް ވާނީ ވިދާޅުވެފައި ކަމަށެވެ.

މިއުވާން މިއަދުވެސް ތަކުރާރުކޮށް ވިދާޅުވީ އެއް ސަރުކާރެއްގައި ދެ ރިޔާސީ ކެންޑިޑޭޓަކު ތިބެގެން ހިންގަން ދަތިވާނެ ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ގެންދަވަނީ ކޯލިޝަން ދެމެހެއްޓުމަށް ވީ ވައުދު ފުއްދަމުން ކަމަށެވެ.

ސަރުކާރާއެކު މަސައްކަތް ކުރައްވަން އިހްލާސްތެރިކަމާއެކު މަސައްކަތްކުރަން ތިއްބެވި ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ. ސަރުކާރު ހިންގުމަށް ހުރަސްއަޅާ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސް އަޅާނަމަ މަގާމްތަކުގައި ނުތިބެވޭނެ. މިއުވާން

މިއުވާން ވިދާޅުވީ ޖުމްހޫރީ ޕާޓީ ނޫނަސް އެހެން ޕާޓީއަކުންވެސް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ނަމަ ނުވަތަ ގާނޫނާއި ހިލާފުކަމެއް ކުރާނަމަ މަގާމުގައި ދެމި ނުތިބެވޭނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެ ޕާޓީ ދޫކޮށް ރައީސް ސާލިހަށް ތާއީދުކޮށްފައެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި އެމްޑަބްލިޔުއެސްސީގެ އެމްޑީ ހަސަން ޝާހުގެ އިތުރުން އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ހިމެނެއެވެ.

ޖުމްހޫރީ ޕާޓީން މެމްބަރުން ވަކިވެ ސަރުކާރާއި ގުޅެމުންދާ މި ދަނޑިވަޅުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެފައިވަނީ އެ ޕާޓީން ވަކިވެގެންދާ މެމްބަރުން ޕާޓީ އާއި ލީޑަރޝިޕް ބަދުނާމް ކުރުމުގެ ބަދަލުގައި މަގާމް ދިފާއު ކުރުމަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ސަރުކާރުގައި ތިބި މެމްބަރުންގެ ތެރެއިން އެ ޕާޓީ ދޫކޮށްދިޔަ މެމްބަރުން ވަނީ ރައީސް ސާލިހްގެ ޒައާމަތުގައި ގައުމު ތަރައްގީ ވެގެން ގޮސް ހަމަޖެހުން ގައުމަށް ލިބިގެން ދިޔަކަން ފާހަގަކޮށް އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.

ޖުމްހޫރީ ޕާޓީން ވަކިވި މެމްބަރުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީ ދޫކޮށް ރައީސް ސާލިހްގެ ފަހަތަށް އެރީ އިހްލާސްތެރިކަމާއެކު ހެޔޮނިޔަތުގައި އެމަނިކުފާނަށް ރިޔާަސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: