ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ވަޒީފާގެ ބިރު ދައްކާ ސަރުކާރެއް ނޫން: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު މިސަރުކާރުން ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ސިވިލް ސާވިސް އާއި އާއްމު ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރު ނޯންނާނެ ކަމަށެވެ.

ތާއީދު ކުރާ ސިޔާސީ ފިކުރުގެ ސަބަބުން ސަރުކާރުގައި ކުރީ ސަރުކާރުގައި ތިބި މުވައްޒަފުންގެ ވަޒީފާ ބަދަލުކޮށް، ވަޒީފާއިން ވަކި ކުރި ނަމަވެސް މިސަރުކާރުން އެފަދަ ކަމެއް ނުކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ސިޔާސީ މަގާމްތަކުގައި ތިބި މިސަރުކާރުގެ ބައެއް މުވައްޒަފުން ވަނީ މިފަހުން ވަޒީފާއިން ވަކިކޮށްފައެވެ.

މިއުވާން ވިދާޅުވީ ސިޔާސީ މަގާމްތަކުގައި ތިބޭ މީހުން، ވަކިކުރުމުގެ އިހްތިޔާރު ރައީސްއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ވަޒީފާތަކުން މީހުން ވަކިކުރުމުގެ ވިސްނުމެއް ނެތް ކަން މިއުވާން ފާހަގަ ކުރެއްވިއެވެ.

ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށްގެން އަޅާ ފިޔަވަޅަކީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫންކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގައި ތިބި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ގެ އިތުރުން އެގްރޯނެޓްގެ އެމްޑީ ހާރޫން ރަޝީދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން މިސަރުކާރާއި ދެކޮޅަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަޒީފާއިން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ. ނަމަވެސް ސަރުކާރުގައި ތިބި ޖުމްހޫރީ ޕާޓީގެ ގިނަ މެމްބަރުން ވަނީ އެ ޕާޓީން ވަކިވެ ރައީސް ސާލިހަށް ތާއީދު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: