ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއާރުއެމް އިން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދަން މަޝްވަރާ ކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެމްއާރުއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާ އެކުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރާކަން އިއުލާންކުރުމަށް ފަހު އެޕާޓީން ވަނީ ކޯލިޝަން ހެދުމަށް އެމްއާރުއެމް އާއި އެކު އިތުރު ފަސް ފަރާތަކަށް ދައުވަތު ދީފައެވެ. ޖުމްހޫރީ ޕާޓީގެ ދައުވަތު ގަބޫލުކޮށް އެމްއާރުއެމްގެ ފަރާތުން ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްގެންދާނެ ކަން ހާމަކޮށް ޖުމްހޫރީ ޕާޓީއަށް އެމްއާރުއެމް އިން ވަނީ ސިޓީއެއް ފޮނުވާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނަކާއެކުގައި ވާދަކުރުމަށް އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ހުށަހެޅުނު އިރު ކައުންސިލް ބައްދަލުވުމެއް ބާއްވައި ކޯލިޝަން ހެދުމުގެ ބާރު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ޖޭޕީން ވަނީ ދީފައެވެ. އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ގާސިމް ނޫން އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވެއެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ގާސިމް ނުކުންނެވުމުގެ ޝަރުތު ހަމަވާ ކަމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެ ޕާޓީ އާއި އެކުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި  އެމްޑީޕީގެ ފަރާތުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހް ނިކުންނަވާއިރު، އެމަނިކުފާނު ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު  މިވަގުތު ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފޮނުއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ދައުވަތު ގަބޫލުކޮށް ކޯލިޝަން ހެދުމަށް އެއްބަސްވީ އަދާލަތު ޕާޓީންނެވެ. އަދާލަތު ޕާޓީ ފިޔަވައި މިވަގުތު ކޯލިޝަންގައި ތިބި އެހެން އެއްވެސް ޕާޓީއެއް ކޯލިޝަން ހެދުމަށް މިހާތަނަށް އެއްބަސްވެފައިނުވާއިރު، ރައީސް ސާލިހާއެކު ދެވަނަ އަށް ކޯލިޝަން ހެދުމަށް ނިންމީ މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް އެވެ. އެ ޕާޓީ އަށް ކޯލިޝަން ހެދުމަށް ދައުވަތު ދިނުމުން، ކައުންސިލްގެ ބައްދަލުވުމެއް ބާއްވަައި ރައީސް ސާލިހްގެ ފަހަތަށް އެރުމަށް ނިންމިއެވެ. އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން އޭނާ އަށް ފެންނަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކޮށް ފަތުރުވެރިކަން ރަނގަޅުވެ ގައުމުގައި ހަމަ ހިމޭންކަން ރައީސް ސާލިހް ގާއިމްކޮށްދީފައިވާތީ ކަަމަށެވެ.

މީގެ އިތުރުންވެސް އެމްޑީއޭ އިން ވަނީ ރައީސް ސާލިހްގެ ހާރިޖީ ސިޔާސަތަށް ތައުރީފުކޮށް އެ ސިޔާސަތުގެ ހަރުދަނާ ކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިފައިވާ ކަން ފާހަގަކޮށްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: