ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ގާސިމް އާއި ގުޅުނީ ވަކިން ވާދަކުރާ ވަރަށް ހިތްވަރު ނެތީމަ: ޝަރީފް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ޖުމްހޫރީ ޕާޓީއާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމަށް ނިންމާފައިވަނީ ވަކިން ނުކުތުމަށް ހިތްވަރު ނެތުމުންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ބައިބައިވެ، އެ ޕާޓީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތައް ޖޭޕީ އާއިއެކު މަސައްކަތްކުރުމަށް ނިންމާފައިވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީއަށް ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވެފައިވާއިރު، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ފިކުރެއްގެ ދިރުމަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޝަރީފްވަނީ ފިކުރެއްގެ ދިރުންގެ ނިންމުންތަކުން އެ ފެކްޝަންގެ ބާރު ނެތިގޮސްފައިވާކަން ހާމަވެގެންދާކަމަށެވެ.

އޭނާ ވިދާޅުވީ، އެ ފެކްޝަން މިވަގުތު އޮތީ މެކުހަށް ޖަހާފައިކަމަށެވެ. އެހެންނަމަވެސް އަމިއްލައަށް ވެރިކަމަށް ކުރިމަތިލުމުގެ ހިތްވަރެއް އެ ފެކްޝަންގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ،  މިހާރު ފެނިގެންދަނީ އެ ފެކްޝަނުން އެމްއާރްއެމް ފަދަ ކުޑަ ޕާޓީއެއް ހަދައިގެން މަސައްކަތްކުރާ މަންޒަރުކަމަށެވެ. އަދި މިހާރު އެ މަގަށް ފިކުރެއްގެ ދިރުން އެޅުމުގެ އަލާމަތްތައް ފެންނަމުންދާކަމަށާއި، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތައް ތިއްބެވީ އެމްޑީޕީ ދޫކުރެއްވުމަށް ތައްޔާރަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

 

ޝަރީފް އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާއިރު، އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލްވެސް ވަނީ ރައީސް ނަޝީދުގެ އަމަލުތަކާއިމެދު ކަންބޮޑުވުންތައް ހުރިކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން މިހާރު ހިންގަމުންދާ ހަރަކާތްތައް ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވާކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިކުރެއްގެ ދިރުން ފަރާތުން ވާހަކަދައްކަވަމުން ކުރީގެ ޗެއަރޕާސަން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ގަވައިދާއި ހިލާފުވެވޭކަމަށް ގަބޫލު ނުކުރެއްވޭކަމަށް ވިދާލުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: