ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދަނީ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް، ކޮމިއުނިޓީ އެންޕަވަރަމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މަހްމޫފްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ  ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މުގާބިލްގައި ކުރީގެ ނައިބުރައީސް އަހްމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި  33،000 އެމެރިކާ ޑޮލަރު ހޯދިކަމަށް ބުނެއެވެ.

މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމާފައިވަނީ މިހާރު އެ މައްސަލަ އޮތް ހިސާބުން އަލުން މުރާޖައާ ކޮށް ބެލިއިރު މަހްލޫފަށް ލިބިލެއްވި ފައިސާ އަކީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ އެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނާތީއެވެ. އެހެންކަމުން އެ ދައުވާ އަނބުރާ ގެންދިއުމަށް ކްރިމިނަލް ކޯޓްގައި ޕީޖީން ވަނީ އެދިފައެެވެ،

މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވުމާ އެކު އޭނާ މަގާމުން ސަސްޕެންޑް ކޮށް ވަޒީފާ އަށް ނިކުތުން އޭރު މަނާ ކުރިއެވެ. ނަމަވެސް ދައުވާ ކުރުން ލަސްވެގެން ކަމަށް ބުނެ މަހްލޫފްގެ ސަސްޕެންޝަން އުވާލިއެވެ. އަދި މައްސަލަ އަލުން ބަލަން ހައިކޯޓުން ހުކުމް ކުރުމާއި އެކު ކްރިމިނަލް ކޯޓުން ޝަރީއަތްތަށް ފެށި  ނަމަވެސް ގިނަ އަޑުއެހުންތައް ދައުލަތުން އެދިގެންނާއި ތަފާތު އެކި ސަބަބުތަކާ ހުރެ ކެންސަލްކޮށްފައެވެ.

މަހުލޫފް ތުހުމަތު ކުރާ ގޮތުން ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްދޭން އެދި ފޮނުވާފައިވަނީ ސިޔާސީ ބައެއް އެކަމުގެ އަޑީގައި ތިބެގެންނެވެ. އަދި މިއީ އޭނާ މަގާމުން ދުރުކުރުމަށް، ސީދާ އެމްޑީޕީގެ ވަކި ފެކްޝަނެއް ކުރާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވިއެވެ. އޭސީސީގެ ކުރީގެ ރައީސް މަރިޔަމް ޝިއުނާއަށް ވެސް ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު، މަހުލޫފް އެންމެ ފަހުން ތުހުމަތުތަކެއް ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަށެވެ. އަދި ޝިއުނާ އާއި އައްސަދު ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއްގެ ސްކްރީންޝޮޓުތަކެއް އެބަހުރިކަމަށް ވިދާޅުވެ ވަނީ އެއީ އެ ދޭބުޅުން ވެސް ބޭޒާރުވާނެ ފަދަ ވާހަކަތަކެއްގެ ގޮތުގައި ވިދާޅުވެފައެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ހިސާބުން، ސަރުކާރުތަކުގެ ވެރިން އިސްތިއުފާ ދޭކަން ފާހަގަކުރުމުން އެކަމަށް ރައްދު ދީ މަހުލޫފް ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރެވުނީ ސިޔާސީ ދައުވާތަކެއްކަމަށާއި މައްސަލައިގައި ދައުވާ ކުރި ނަމަވެސް  މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: