ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކުޅިވަރު ކުންފުންޏެއް ފެންނާކަށް ނުހުރޭ: މަހްލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކުޅިވަރު ކުންފުންޏެއް ނުވަތަ ސްޕޯޓްސް ކޯޕަރޭޝަނެއް ފެންނަން ނުހުންނަ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސްޕޯޓްސް ކޯޕަރޭޝަން އުވާލާ ސަބަބު އޮޅުން ފިލުވުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން ތަކުގެ ބަދަލުގައި ސްޕޯޓްސް ކައުންސިލްތަލުން މަސައްކަތް ކުރާތަން ފެނިގެންދާ ކަމަށެވެ.

ވަކިން އަޅުގަނޑުމެން ދިރާސާ ކުރިއިރު، ރާއްޖެއިން ބޭރުގައުމެއްގައި ވެސް އެގޮތަށް ކޯޕަރޭޝަން ހަދައިގެން މަސައްކަތް ކުރާ ތަނެއް ނުފެނޭ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންނާއި ސްޕޯޓްސް ކޯޕަރޭޝަންގައި ތިއްބެވި ބޭފުޅުންނާ އެއްވެސް މައްސަލަ އެއް އޮތީއެއް ނޫން. ސިޔާސީ ހިޔާލު ތަފާތުވުމެއްވެސް އޮތީއެއް ނޫން.

މަހްލޫފް ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ނިންމީ ސިޔާސީ ވެގެން ނޫން ކަމަށާއި އެކަމުގައި ސިޔާސީ ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ހުށަހަޅާފައިވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޅިވަރު ކުރިއެރުމަށް އުފެއްދި ވުޒާރާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: