ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ހިންގަން ބަޖެޓްގައި ޖަހާފައި ހުންނަ އަދަދުތަކަކީ މަސައްކަތް ނިންމޭނެ އަދަދުތަކެއް ނޫން: މަހްލޫފް

އަހުމަދު މަހްލޫފް— ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްރޫއުތައް ހިންގުމަށް ބަޖެޓްގައި ޖަހާފައި ހުންނަ އަދަދުތަކަކީ މަސައްކަތްތައް ނިންމޭނެ އަދަދުތަކެއް ނޫން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ މަޝްރޫއުތަކުގެ ބިލްތަކަށް ފައިސާ ދެއްކުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަޖެޓްގައި ހިމެނިފައިވާ އަދަދުތަކުން މަޝްރޫއުތައް ނިންމަން އުނދަގޫވުން ކަމަށެވެ.

މިސާލަކަށް، ފޮއްދޫގެ ވޮލީކޯޓް ހަދަން އަޅުގަނޑަށް ހީވަނީ ގާތްގަނޑަކަށް އިންނާނީ ގާތްގަނޑަކަށް 2 ލައްކަ އެއްހާ ރުފިޔާހެން ޖަހާފަ. އެހެންވީމަ އަޅުގަނޑުމެން  މަސައްކަތް ހަވާލުކުރާ ހިސާބުން އެވްރެޖްކޮށް  1.5 މިލިއަން ރުފިޔާ ހަރަދުވާ ކަމެއްތީ. ދެން އެފައިސާ އެއްކޯޑުން އަނެއް ކޯޑަށް ޓްރާންސްފަރ ކޮށްހަދައިގެން މި ކުރަންޖެހެނީ. ވަރަށް ދަތި އަސްލުގަ އުނދަގޫ ގޮތަކަށް ކުރަނީ.

މަހްލޫފް ވިދާޅުވީ ބަޖެޓްގައި މަޝްރޫއަށް ކަނޑައަޅާފައި އިން އަދަދު ކުޑަވެގެން އެކަން ދޫކޮށްނުލާ އެމަސައްކަތް ކޮންމެވެސް ހިސާބަކުން ހަވާލުކޮށްގެން ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ މިހާތަނަށް ގިނަ ރަށްރަށުގައި އައުޓްޑޯ ވޮލީކޯޓްތައް ގާއިމްކޮށް ނިމިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: